މި އުންމަތުގެ މީހުންގެ ތެރެއިން ބަނގުރޫޓުވެފައިވާ މީހުން---

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
މި އުންމަތުގެ މީހުންގެ ތެރެއިން ބަނގުރޫޓުވެފައިވާ މީހުން---

ބައެއް މީހުން ބަރާބަރަށް ނަމާދުކުރެއެވެ. ނަމާދުން ފައިބައި ތިމާ ބަނގުރޫޓުވާފަދަ ޢަމަލުތައް ކުރަން ފަށައެވެ. ބައެއް މިސްކިތްތަކުގައި ޖަގަހަ ހަދައިގެން ތިބެވެސް އެފަދަ ކަންކަން އެބަކުރެއެވެ. މިދަންނަވަނީ ނަމާދުން ފައިބާ ގޮތަށް ކޮންމެވެސް މީހަކާއި ދިމާއަށް އެއްޗެތި ގޮވައި ނޭދެވޭ ބަސްތައް ބުނާވާހަކައެވެ. ސިޔާސީ ފިކުރުގައި މީހުންގެ ޢަބުރު ކަތިލާ ވާހަކައެވެ. އެތަނުގައި ޙާޒިރުވެ ނެތް މީހުންނަށް އެއްޗެތިގޮވައި ނުބައިބަސްތައް ބުނާ ވާހަކައެވެ. 

އެހެންކަމުން މިޙަދީޘްފުޅާއިމެދު ވިސްނައިލުން މުހިންމު ކަމަށް ދެކެމެވެ. 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅެއްގެ މާނާއިގާ ވެއެވެ. 

ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުންގެ ތެރެއިން މުފްލިސަކީ ކާކުކަން ތިޔަބައިމީހުންނަށް އެނގޭތޯއެވެ؟ ޞަޙާބީން ދެންނެވިއެވެ. ތިމަންމެންގެ ތެރޭގައި މުފުލިސަކީ އޭނާގެ އަތުގައި ދިރުހަމެއް ވާނެ ތަނެއްނެތް މީހާއެވެ. ޙަދީޘް ކުރެއްވިއެވެ ތިމަންކަލޭގެފާނުގެ އުއްމަތުގެ މުފްލިސަކީ ޤިޔާމަތްދުވަހުން ނަމާދާއި، ޒަކާތާއި، ރޯދަހިފައިގެން މާތްﷲގެ ޙަޟްރަތަށް އަންނަހިނދު މީހަކާދިމާލަށް އެއްޗެތިކިޔާ އެހެންމީހަކަށް ގޯނާކޮށް، އެހެންމީހެއްގެ މުދާކައި ހަދާފައިވާ މީހާއެވެ. އެފަދަމީހުންގެ ހެޔޮކަންތައް އަނިޔާލިބުނު މީހާއަށް ދެވޭނެއެވެ. އޭނާގެ ހެޔޮކަންތައް ހުސްވެއްޖެނަމަ އަނިޔާ ލިބުނު މީހާގެ ނުބައިކަންތަކުންނަގައި އަނިޔާވެރިވި މީހާއަށް ބަދަލު ކުރެވޭނެއެވެ. އެއަށްފަހު އޭނާ ނަރަކަޔަށް އެއްލައިލެވޭނެއެވެ. 

صحح مسلم (( كتاب البرّ وِالصّلَةِ ، والآدابِ )) باب تخريم الظُّلْمِ

((رقم الحديث : 4684)) 

- ޙަދީޘްފުޅުގެ މާނަ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް.

 

 

މިއަދު އޮންލައިން