އުފަންވެލި ޝޮޕްތަކުން ކުކުޅުމަހާ ފްރެންޗްފްރައިސްއާ އެހެންވެސް ބައެއް ތަކެތި އަގުހެޔޮކޮށް ވިއްކަން ފަށައިފިއެވެ. މިއަދުން ފެށިގެން ކުރިއަށް އޮތް 4 ދުވަހަށް ކުރިއަށް ގެންދާ މިޕްރަމޯޝަންގައި ކުކުޅުމަސް (ބޯންލަސް ޗިކަން) 1 ކިލޯގެ ޕެކެޓެއް 65 ރުފިޔާއަށް އަދި 2 ކިލޯގެ ޕެކެޓެއް 130 ރުފިޔާއަށް ވިއްކާނެއެވެ.
ފްރެންޗް ފްރައިސް 7 އެމްއެމްގެ 1 ކިލޯގެ ޕެކެޓެއް 50 ރުފިޔާއަށް ވިއްކާއިރު 2.5 ކިލޯގެ ޕެކެޓެއް ވިއްކަނީ 90 ރުފިޔާއަށެވެ.
ފްރެންޗް ފްރައިސް 9 އެމްއެމްގެ 1 ކިލޯގެ ޕެކެޓެއް 45 ރުފިޔާއަށް ވިއްކާއިރު 2.5 ކިލޯގެ ޕެކެޓެއް ވިއްކަނީ 90 ރުފިޔާއަށެވެ.
ކޯޓެޑް ފްރެންޗް ފްރައިސް 9 އެމްއެމްގެ 1 ކިލޯގެ ޕެކެޓެއް ވިއްކަނީ 45 ރުފިޔާއަށެވެ.
ފްރޯޒަން އަނިއަން ރިންގްސް 1 ކިލޯގެ ޕެކެޓެއް ވިއްކަނީ 45 ރުފިޔާއަށެވެ. ފްރޯޒަން ސްޕަިސީ ވެޖަސް ޕެކެޓެއް ވިއްކަނީ 40 ރުފިޔާއަށެވެ. ޕޮޓޭޓޯ ކިޔުބްސް، ޕޮމް ކްރޮކްއެޓެ، ޕޮޓޭޓޯ ވެޖަސް ވިތް ސްކިން 1 ކިލޯގެ ޕެކެޓެއް ވިއްކަނީ 40 ރުފިޔާއަށެވެ. ފްރޯޒަން ހޭޝްބަރައުން 2.5 ގެ ޕެކެޓެއް ވިއްކަނީ 100 ރުފިޔާއަށެވެ.
ފަސޭހައިން ދަނޑިއަލުވި ބޯކިބާ އަޅައިލެވޭ 500 ގްރާމްގެ ދަނޑިއަލުވި ފުށް ޕެކެޓެއް ވިއްކަނީ 92 ރުފިޔާއަށެވެ.
އުފަންވެލި ޝޮޕްތަކުން ފިޔާވެސް ވިއްކަމުން ގެންދަނީ ވަރަށް ހެޔޮ އަގެއްގައެވެ. ތާޒާ ފިޔާ ކިލޯއެއް 17 ރުފިޔާ އަދި 20 ރުފިޔާއަށެވެ.
