އުފަންވެލި ޝޮޕްތަކުން ކުކުޅުގެ ގިނަބާވަތްތަކާ އެހެންވެސް ބައެއް ތަކެތި ހެޔޮ އަގުގަ ގަންނަންލިބޭ ޕްރޮމޯޝަނެއް ފަށައިފި!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 49ސ
އުފަންވެލި ޝޮޕްތަކުން ކުކުޅުގެ ގިނަބާވަތްތަކާ އެހެންވެސް ބައެއް ތަކެތި ހެޔޮ އަގުގަ ގަންނަންލިބޭ ޕްރޮމޯޝަނެއް ފަށައިފި!

އުފަންވެލި ޝޮޕްތަކުން ކުކުޅުގެ ގިނަބާވަތްތަކާ އެހެންވެސް ބައެއް ތަކެތި ހެޔޮ އަގުގަ ގަންނަންލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ. މިއަދުން ފެށިގެން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަސް ގެންދާ މިޕްރަމޯޝަނުގައި،

420 ގްރާމްގެ ޗިކަން ބަފަލޯ ވިންގްސް ޕެކެޓެއް 35 ރުފިޔާއަށް، 450 ގްރާމްގެ ޗިކަން ބާގާ ޕެކެޓެއް 30 ރުފިޔާއަށް، 700 ގްރާމްގެ ޗިކަން ނަގެޓްސް ޕެކެޓެއް 65 ރުފިޔާއަށް، 1 ކިލޯގެ ޗިކަން ކްރިސްޕީ ވިންގްސް ޕެކެޓެއް 78 ރުފިޔާއަށް، 480 ގްރާމްގެ ޗިކަން ކްރޮކްއޭ ޕެކެޓެއް 35 ރުފިޔާއަށް، 450 ގްރާމްގެ ކުކުޅު ކުރަނޑި ޕެކެޓެއް 25 ރުފިޔާއަށް، 360 ގްރާމްގެ ޗިކަން ކަބާބް ޕެކެޓެއް 20 ރުފިޔާއަށް، 700 ގްރާމްގެ ޗިކަން މިނީ ސްޓްރިޕްސް ޕެކެޓެއް 0 ރުފިޔާއަށް، 700 ގްރާމްގެ ޗިކަން ޕޮޕްކޯން ޕެކެޓެއް 46 ރުފިޔާއަށް އަދި 700 ގްރާމްގެ ޗިކަން ޓެންޑަރ ފިލޭ ޕެކެތެއް 60 ރުފިޔާއަށް ވިއްކާނެއެވެ.

މީގެ އިތުރުން: 

ކުކުޅުމަސް (ބޯންލަސް ޗިކަން) 1 ކިލޯގެ ޕެކެޓެއް 65 ރުފިޔާއަށް އަދި 2 ކިލޯގެ ޕެކެޓެއް 130 ރުފިޔާއަށް ވިއްކާނެއެވެ. 

ފްރެންޗް ފްރައިސް 7 އެމްއެމްގެ 1 ކިލޯގެ ޕެކެޓެއް 50 ރުފިޔާއަށް ވިއްކާއިރު 2.5 ކިލޯގެ ޕެކެޓެއް ވިއްކަނީ 90 ރުފިޔާއަށެވެ. 

ފްރެންޗް ފްރައިސް 9 އެމްއެމްގެ 1 ކިލޯގެ ޕެކެޓެއް 45 ރުފިޔާއަށް ވިއްކާއިރު 2.5 ކިލޯގެ ޕެކެޓެއް ވިއްކަނީ 90 ރުފިޔާއަށެވެ.  

ކޯޓެޑް ފްރެންޗް ފްރައިސް 9 އެމްއެމްގެ 1 ކިލޯގެ ޕެކެޓެއް ވިއްކަނީ 45 ރުފިޔާއަށެވެ. 

ފްރޯޒަން އަނިއަން ރިންގްސް 1 ކިލޯގެ ޕެކެޓެއް ވިއްކަނީ 55 ރުފިޔާއަށެވެ. ޕޮޓޭޓޯ ކިޔުބްސް، ޕޮމް ކްރޮކްއެޓެ، ޕޮޓޭޓޯ ވެޖަސް ވިތް ސްކިން 1 ކިލޯގެ ޕެކެޓެއް ވިއްކަނީ 40 ރުފިޔާއަށެވެ. ފްރޯޒަން ހޭޝްބަރައުން 2.5 ގެ ޕެކެޓެއް ވިއްކަނީ 100 ރުފިޔާއަށެވެ.

ފަސޭހައިން ދަނޑިއަލުވި ބޯކިބާ އަޅައިލެވޭ 500 ގްރާމްގެ ދަނޑިއަލުވި ފުށް ޕެކެޓެއް ވިއްކަނީ 92 ރުފިޔާއަށެވެ. 

މިހުރިހާ ބާވަތްތަކެއްވެސް ހޯލްސޭލްކޮށް ގަންނަ ފަރާތްތަކަށް ޚާއްޞަ ހެޔޮ އަގުތަކުގަ ވިއްކާނެ ކަމަށްވެސް އުފަންވެލި ޝޮޕްތައް ހިންގާ މަޑިހާ ކޮމްޕެނީން ބުނެއެވެ.

މިއަދު އޮންލައިން