އަދިވެސް 22 ސައިކަލު! އުރީދޫގެ ކަސްޓަމަރުންނަށް ކޮންމެ 3 ދުވަހަކުން ސައިކަލެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
އަދިވެސް 22 ސައިކަލު! އުރީދޫގެ ކަސްޓަމަރުންނަށް ކޮންމެ 3 ދުވަހަކުން ސައިކަލެއް!

23 ސެޕްޓެމްބަރ 2024 ގައި އުރީދޫ މޯލްޑިވްސް އިން ފެށި " ކޮންމެ 3 ދުވހަކުން ސައިކަލު ލިބޭ" ޕްރޮމޯޝަނުގައި 12 ނަސީބުވެރިން ހޮވައިފިއެވެ. 31 ޑިސެމްބަރގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި މުޅިއަކު 30 ސައިކަލު ކަސްޓަމަރުންނަށް ލިބިގެންދާއިރު، އަދި 18 ސައިކަލުގެ ނަސީބުވެރިން ހޮވާނެއެވެ.

އުރީދޫ މޯލްޑިވްސްގެ ހުރިހާ ކަސްޓަމަރުންނަށް އަދި އަލަށް ގުޅޭ ކަސްޓަމަރުންނަށްވެސް ކޮންމެ ތިން ދުވަހަކުން އަގުހުރި އާ ސައިކަލެއް ލިބޭ ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ. އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގެ 60 އިންސައްތަ ކަވަރުކުރާ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު 5ޖީ ނެޓްވޯކެވެ.

މިއަހަރުގެ 31 ޑިސެމްބަރު 2024 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ކަސްޓަމަރުންނަށް ކޮންމެ ތިން ދުވަހަކުން ސައިކަލެއް ކާމިޔާބު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. ލިބޭ ސައިކަލުތަކުގެ ތެރޭގައި:.

އެއާ ބްލޭޑް 125 - ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)

އެއާ ބްލޭޑް 160 - ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)

ޕީސީއެކްސް160 (ކަޅު ކުލަ) 

އަދި މި ޕްރޮމޯޝަނުގެ އެންމެ އަގުހުރި އިނާމެއްގެ ގޮތުން ނަސީބުވެރި ފަރާތަކަށް 2024 ވަނަ އަހަރުގެ ރެބެލް 300 (ކަޅު) ސައިކަލެއް ލިބިގެންދާނެއެވެ. 

ޕްރޮމޯޝަނުގައި ބައިވެރިވުމަށް:

-    އުރީދޫ ކަސްޓާމަރެއްނަމަ 30 ދުވަހުގެ ތެރޭގައި 250ރ އަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން

-    އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ޚިދުމަތް ބޭނުންކުރުމަށް 400 ރުފިޔާ އިން މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން

.އުރީދޫގެ އެކްޓިވް ކަސްޓަމަރަކަށްވުން.

މި ޕްރޮމޯޝަނަކީއުރީދޫގެ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް ހަލުވި ސްޕީޑާއި ލެޓެންސީ ދަށްކޮށް، ކަނެކްޓިވިޓީ އިތުރުކޮށްދޭ އުރީދޫގެ ޒަމާނީ 5ޖީ ޓެކްނޮލޮޖީ ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ގޕްރޮމޯޝަނެކެވެ.

މިއަދު އޮންލައިން