ކިރުގެ ބާވަތްތައް ބުއިން ގިނަކުރުމަކީ އަންހެނުންނަށް ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާތެރިކަން އިތުރުވާ ކަމެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 7ސ
ކިރުގެ ބާވަތްތައް ބުއިން ގިނަކުރުމަކީ އަންހެނުންނަށް ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާތެރިކަން އިތުރުވާ ކަމެއް!

"ކިރުގެ ބާވަތްތައް ގިނައިން ބޯ އަންހެނުންގެ ތެރޭގައި އިސްކެމިކް ހާޓް ޑިޒީޒް އާއި މަޔޯކާޑިއަލް އިންފާރކްޝަން ވެސް އއިތުރުވޭ! ފިރިހެނުންނަށް މި ނުރައްކާ އިތުރުވެފައެއް ނުވެއެވެ." 

އާދަކާދަތައް މިހާރު ހުރި ގޮތަކުން އެއްތަނަކުން އައިސްކްރީމް އަނެއްތަނަކުން މިލްކްޝޭކް، އަނެއްތަނަކުން ފަލޫދާ، އަނެއްތަނަކުން ކޮންމެސް ބާވަތެއްގެ ޗާޔާއެއް، ކޮފީއެއް ފަދަ ބާވަތްތައް ބޮމުންގޮސް ނިދަންވާއިރު، އެދުވަހު ބޭނުންކުރެވުނީ ކިތައްތަށި ކިރުކަންވެސް އޮންނަނީ ނުއެނގިފައެވެ. 

ލޮބުވެތި ކަނބަލުން ވިސްނަވައިލައްވަންވީ ތިއަ ކަނބަލުންގެ ފުރާނައާއިމެދުގައެވެ. މަސައްކަތްކުރައްވަންވީ ހިތުގެ ބަލިތަކުން ސަލާމަތްވެލެއްވުމަށެވެ. ހިތަށް ދުޅަހެޔޮކަން ހޯއްދަވައިދެއްވުމަށެވެ. ހިތާއި ފުރާނައަކީ ގުޅިލާމެހިފައިވާ 2 އެއްޗަށްވާތީއެވެ. 

ކިރުގެ ބާވަތްތައް ބުއިން ގިނަކުރުމަކީ އަންހެނުންނަށް ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާތެރިކަން އިތުރުވާ ކަމެއް! 

ކިރު އުފެއްދުންތަކުގެ ކާޑިއޯ ވެސްކިއުލަރ އަސަރު ތަޙުލީލުކުރުން: 

ޖެނެޓިކްސް، ކެއުމާއި ދިރިއުޅުމުގެ ވައްޓަފާޅި، ދުންފަތުގެ އިސްތިއުމާލުކުރުމާއި، ބަނގުރާ ބުއިން ފަދަ ގިނަ ކަންތައްތަކެއް ހިތުގެ ބަލިތައް ޖެހުމަށް މެދުވެރިވާ ސަބަބެވެ. 

ސްވިޑެންގެ އަންހެނުންނާއި ފިރިހެނުންގެ މައްޗަށް މިހާރު ކުރިއަށްދާ ދިރާސާގައި ވަނީ ކިރު ބޭނުންކުރުމަކީ ހިތުގެ ބަލިތަކަށް މަގުފަހިވާ ކަމެއްތޯ ބަލާފައެވެ. ކިރުގެ ސަބަބުން ވިޓަމިން ޑީ އާއި ޕްރޮޓީން ފޯރުކޮށްދިނުން ފަދަ ސިއްހީ ފައިދާތަކެއް ހުރި ނަމަވެސް، ގިނަ ސައިންސްވެރިން ސުވާލު އުފައްދަނީ އެކަމުގެ އަސަރު ހިތަށް ކުރާ ގޮތަކާ މެދުގަ އެވެ. 

މި ދިރާސާވެރިން ވަނީ ސްވިޑެން މެމޮގްރަފީ ކޯހޯޓް (އެސްއެމްސީ) އާއި ކޮހޯޓް އޮފް ސްވިޑެން މެން (ސީއޯއެސްއެމް) ގެ ދެ ކޮހޯޓް ދިރާސާއެއްގެ ޑޭޓާ ތަހުލީލުކޮށްފަ އެވެ. 

މި ދެ ދިރާސާގައި ވެސް ބައިވެރިންގެ ލައިފްސްޓައިލް ޑޭޓާ ޓްރެކްކޮށްފައިވާއިރު، އޭގެ ތެރޭގައި ކާނާ އާއި ބުއިން ބޭނުންކުރުމާއި، ބޮޑީ މާސް އިންޑެކްސް (ބީއެމްއައި)، ހިތުގެ ބަލިތަކުގެ ހާދިސާތަކާއި، ހާޓް އެޓޭކްގެ ހާދިސާތައް ހިމެނެ އެވެ. 

އަދި ޕްރޮޓީން ޕެޓަންސް ދިރާސާކުރުމަށް އިޝާރާތްކުރާ ޕްރޮޓީއޮމިކްސް ތަހުލީލުކުރުމަށް ދިރާސާވެރިން ބޭނުންކުރި ޕްލާސްމާ ސާމްޕަލްތައް ވެސް ބައެއް ބައިވެރިން ފޯރުކޮށްދީފައިވެ އެވެ. 

ކާބޯތަކެއްޗާއި ބުއިންތައް ރިޕޯޓްކުރުމުގެ ތެރެއިން ބައިވެރިން ވަނީ ކިރު ބޭނުންކުރި މިންވަރު ރިޕޯޓްކޮށްފައެވެ. 

ލޭގެ ޕްލާސްމާ އެނަލިސިސްގައި 276 ޕްރޮޓީން ބަޔޯމާކަރެއް ވަޒަންކޮށްފައިވެ އެވެ. އަމާޒަކީ ކިރު ބޭނުންކުރުމާ އަޅާބަލާއިރު އިސްކެމިކް ހާޓް ޑިޒީޒް އާއި މަޔޯކާޑިއަލް އިންފާރކްޝަން އާއި ގުޅުންހުރި ބަޔޯމާކެރުގެ ޙާޟިރީ ކިހިނެއްތޯ ބެލުމެވެ. 

ދުވާލަކު 4 ބިއްލޫރި ކިރު ބުއިމަކީ ހިތުގެ ބަލިތަކުގެ ނުރައްކާ ބޮޑުވުމާ ގުޅުން ހުރި ކަމެކެވެ

ލޭގެ ޕްލާސްމާ ތަހުލީލުކޮށް، އެ ޕްލާސްމާ ބައިވެރިން އަމިއްލައަށް ރިޕޯޓްކުރި ކިރު ބޭނުންކުރުމާ އަޅާކިޔުމަށް ފަހު، އުފައްދާ ކިރު އާއި ފިރިހެނުން ނުވަތަ އަންހެނުންނަށް ހިތުގެ ބަލި އިތުރުވުމާ ގުޅުމެއް ނެތެވެ. 

ނޮންފަރމަންޓެޑް ކިރު ބޭނުންކުރާ މިންވަރު އަޅާކިޔާއިރު، ކިރު ގިނައިން ބޯ އަންހެނުންގެ ތެރޭގައި އިސްކެމިކް ހާޓް ޑިޒީޒް އާއި މަޔޯކާޑިއަލް އިންފާރކްޝަން ވެސް އިތުރުވާކަން ސައިންސްވެރިން ފާހަގަކުރި އެވެ. ފިރިހެނުންނަށް މި ނުރައްކާ އިތުރުވެފައެއް ނުވެއެވެ. 

ދުވާލަކު 100 އެމްއެލް (ބައި ބިއްލޫރި ތަށި) ނޮންފަރމަންޓެޑް ކިރު ބޯ އަންހެނުންނަށް މި ބަލިތަކުގެ ނިސްބަތް 300 އެމްއެލް (ނުވަތަ ދޮޅުތަށި) އަށް ވުރެ ގިނައިން ނޮންފަރމަންޓެޑް ކިރު ބޯ އަންހެނުންނާ އަޅާބަލާއިރު ދަށްވެފައިވެއެވެ. 

ސައިންސްވެރިން ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި ދުވާލަކު 4 ބިއްލޫރި ނޮންފަރމަންޓެޑް ކިރު ބުއިމަކީ ދުވާލަކު ބައި ބިއްލޫރި ތަށި ބުއިމާ އަޅާބަލާއިރު އިސްކެމިކް ހާޓް ޑިޒީޒް ޖެހުމުގެ ފުރުސަތު %21 އިތުރުވާ ކަމެކެވެ 

ދިރާސާވެރިން ފާހަގަކުރި ގޮތުގައި ދިރިއުޅުމުގެ ވައްޓަފާޅިއަށް އެޑްޖަސްޓް ކުރި ނަމަވެސް ކިރުގެ ސަރުބީގެ ހުރިހާ އިންސައްތައެއްގައި ވެސް ނަތީޖާ އެއްގޮތެވެ. 

ނޮން ފަރުމަންޓެޑް ކިރު ގިނައިން ބޯ އަންހެނުންގެ ތެރޭގައި އެންޖިއޯޓެންސިން ކޮންވަރޓިން އެންޒައިމް 2 (ACE-2Trusted Source) ގެ މިންވަރު މަތިވެ، ފައިބްރޯބްލާސްޓް ގްރޯތް ފެކްޓަރ 21 (FGF21) ގެ މިންވަރު ދަށްވެފައިވެއެވެ. މި ދެ މާކެރަކީ ވެސް އިސްކެމިކް ހާޓް ޑިޒީޒްގެ ނުރައްކާ ބޮޑު މާކެރެވެ.

 އޭސީއީ-2 ގެ ތަޖުރިބާ މަތިވެފައިވާ މީހުންގެ ކާޑިއޯ ވެސްކިއުލަރ މޯޓަލިޓީ ރޭޓް މަތިވެފައިވާއިރު އެފްޖީއެފް21 ގެ މިންވަރު މަތިވުމަކީ ހިތަށް ލިބޭ ގެއްލުންތަކާ ގުޅުން ހުރި ކަމެއް ކަމަށް ވެދާނެ އެވެ.

 

- ޞިއްޙީ ޚަބަރު

މިއަދު އޮންލައިން