ތިމާއަށް ކަމެއް އޮޅުން ނުފިލާނަމަ އަދި އޮޅުން އަރާނަމަވެސް ފުރަތަމަކަމަކަށް ޤުރްއާނުން އެކަމެއްގެ ކަންކަން އޮޅުންފިލުވާށެވެ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ތިމާއަށް ކަމެއް އޮޅުން ނުފިލާނަމަ އަދި އޮޅުން އަރާނަމަވެސް ފުރަތަމަކަމަކަށް ޤުރްއާނުން އެކަމެއްގެ ކަންކަން އޮޅުންފިލުވާށެވެ!

ކީރިތި ޤުރްއާނާއިމެދު ވިސްނާމީހަކަށް ކަމެއް އޮޅުން ނުފިލާނަމަ ފުރަތަމަ ކަމަކަށްވެސް ޤަބޫލުކުރަންވީ އެމީހަކަށް އެކަމެއް އޮޅުންފިލުވަން ﷲ ތަޢާލާ ދަޢުވަތު ދެއްވަވާފައިވާ ކަމެވެ. ހަމައެއާއިއެކު އުފެދޭ ޝައްކުތަކަށް ކީރިތި ޤުރްއާނުން ޙައްލު ލިބި އުފެދޭ ސުވާލުތަކަށް ޤުރްއާނުން ޖަވާބުލިބޭ ކަމެވެ. އަދި އެއަށްވުރެ ފުރިހަމަ ޖަވާބެއް އެއްވެސް މީހަކަށް ނުދެވޭ ކަމެވެ. 

ދެވަނަ ކަމަކަށް ބަލައިފިނަމަ ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ މީސްތަކުންނަށް ޙަރާމްކުރައްވަވައި މީސްތަކުންނަށް ނަހީކުރައްވަވާފައިވާ ކޮންމެ ކަމެއްވެސް ނަހީކުރައްވަވާފައިވަނީ މީސްތަކުންނަށްޓަކައި ކަމެވެ. ހަމައެކަނި މުސްލިމުންނަށްޓަކައި ނޫންކަމެވެ. ހުރިހާ އެންމެންނަށްޓަކައި ކަމެވެ. 

މިސާލަކަށް މީހުން މެރުމާއި ވައްކަންކުރުމާއި ބަނގުރާ ބުއިމާއި ޖުވާކުޅުމާއި ފާޙިޝް ޢަމަލުތައް ކުރުމާއި ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ މިފަދަ ކޮންމެ ކަމެއް ޙަރާމްކުރައްވަވާފައިވަނީ ދުނިޔޭގައި އުޅޭ އެންމެންގެ ފައިދާއަށެވެ. 

ތިންވަނަ ކަމަކަށް ކައިވެނީގެ ގުޅުމަށް ވިސްނައިލާށެވެ. މިއަދު ބައަކު ކޮންމެ ގޮތަކަށް ޤަބޫލުކުރާކަމަށް ހެދިގެން އުޅުނަސް ސާފުތާހިރު ދިރިއުޅުމެއް އުޅެވެން އޮތީވެސް، ރަނގަޅު ގޮތުގައި ދަރިފަސްކޮޅު ދެމެހެއްޓޭނީވެސް ކައިވެނީގެ ގުޅުމުގެ ތެރެއިންކަން ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކަށްވެސް ޤަބޫލުކުރެވޭނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން