ތިމާއަށް މިކުރެވެނީ ކުޑަފާފައެއް ކަމަށް ވިސްނެނީ އެމީހެއްގެ ހިތުގަ ﷲ ގެ ޢަޛާބަށް ބިރުވެތިކަން ނެތް މީހުންނަށް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ތިމާއަށް މިކުރެވެނީ ކުޑަފާފައެއް ކަމަށް ވިސްނެނީ އެމީހެއްގެ ހިތުގަ ﷲ ގެ ޢަޛާބަށް ބިރުވެތިކަން ނެތް މީހުންނަށް!:  މުފްތީ މެންކް

ކޮންމެ މުސްލިމަކަށްވެސް ބޮޑެތި ފާފަތަކަކީ ކޮބައިކަން އެނގޭނެއެވެ. އެފަދަ ފާފައެއް ނުކުރާށެވެ! އަރައިނުގަންނާށެވެ! މިހެން ބުނުމުން އެއިގެ މާނައަކީ ކުދި ފާފަފަތައް ކަމަށް ބެލެވޭ ފާފަތަކަށް އަރައިގަތުން ހުއްދަވުމެއް ނޫނެވެ.

ކިތަންމެ ކުޑަ ފާފގައެއްކަމަށް ބެލެވޭ ފާފައަކަށް އަރައިނުގަންނަންވީ އެކަމުގެ ސަބަބުން ތިބާކުރާ ހެޔޮކަންތައްތައް ފުހެވިގެން ހިނގައިދާނެ ކަމުގެ ބިރަށެވެ. އަދި މިވެނި ފާފައަކީ ކުޑަ ފާފައެއް ކަމަށް ހީކޮށް އެއްވެސް ފާފައެއް ކުރާއިރު އެފާފަ ނުފުއްސަވައިފިނަމަ ދެއްވަވާނެ ޢަޛާބުގެ ގަދަފަދަކަން އެނގެނީ ކާކަށް ހެއްޔެވެ؟ ކުޑަފާފަކަމަށް ހީކޮށް ކުރާ ފާފައިގެ ސަބަބުން ބީވެގެންދާނީ ކިތައް ހެޔޮޢަމަލުކަމެއް އެނގެނީ ކާކަށް ހެއްޔެވެ؟

ކިތަންމެ ކުޑަ ނަމަވެސް ފާފައެއް ކުރެވުމުން ބިރުވެތިވެ ހިތާމަ ނުކުރެވޭނަމަ އެމީހާގެ އީމާންކަން ފުރިހަމައެއް ނޫނެވެ! އެހެނީ އެކަމުން އެނގެނީ އެމީހަކަށް ﷲ ތަޢާލާއަށް ބިރުވެތި ނުވެވޭ ކަމެވެ. ބިރުވެތިވެވޭނަމަ ކިތަންމެ ކުޑަކުޑަ ނަމަވެސް ފާފައެއް ކުރެވިއްޖެ ނަމަ ތައުބާވުމަށް އަވަސްވެގަންނާނެއެވެ!

ދުނިޔޭގެ ދިރިއުޅުމުގެ ނިޒާމަށް ބަލައިފިނަމަ ޓެކްސް ދެއްކުމަށާއި އެހެނިހެން ކަންކަމަށްޓަކައި ަބލަހައްޓަން ޖެހޭ ހިސާބުތައް ކޮންމެ މީހަކުވެސް ވަރަށް ފުރިހަމައަށް ބަލަހައްޓައެވެ. ހިސާބުތައް ނިންނަން ޖެހޭ ތާރީޚުތަކަށް ކޮންމެ ގޮތަކުންވެސް ނިންމައެވެ. އެ ހިސާބުތަކުގައި ކިތަންމެ ކުޑަ ނަމަވެސް ކުށެއް ނެތްކަން ޔަޤީންކުރެއެވެ.

ނަމަވެސް ޢުމަރުގެފާނު އެންމެ ގިނައިން އިންޒާރުދެއްވެވި ހިސާބު ބެލެހެއްޓުމުގައި މިވަނީ ވަރަށް ބޮޑަށް ފޭލްވެފައެވެ. ޢުމަރުގެފާނު ގަދައަޅައި ވަޞިއްޔަތްކުރައްވަވާފައިވަނީ އެމީހާގެ އަމަލުތަކުގެ ފަތް ބަންދުކުރެއްވެވުމުގެ ކުރިން، ﷲ ތަޢާލާ އެމީހާގެ ހިސާބުތައް ބެއްލެވުމުގެކުރިން އެމީހަކު އަމިއްލައަށް އެމީހެއްގެ ކަންކަން ހިސާބުކުރުމަށެވެ. ގިނަބައަކު މިއަދު މިވަނީ އެކަންމަތިން ހަމަ ހަނދާންވެސް ނެތިފައެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން