ދަތުރަކަށް ފަށަން ކުރަން އޮތް އެންމެ މުހިންމު ކަމަކީ ވީހާގިނަ ޑޮލަރުހޯދައި ފޮށިތަންމަތި ތައްޔާރުކުރުމެއް ނޫން! އެއަށްވުރެ މާމުހިންމު ކަމެއް އެބައޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ދަތުރަކަށް ފަށަން ކުރަން އޮތް އެންމެ މުހިންމު ކަމަކީ ވީހާގިނަ ޑޮލަރުހޯދައި ފޮށިތަންމަތި ތައްޔާރުކުރުމެއް ނޫން! އެއަށްވުރެ މާމުހިންމު ކަމެއް އެބައޮތް!

ދަތުރަކަށް ފަށާނަމަ ކުރަން އޮތް އެންމެ މުހިންމު ކަމަކީ ޑޮލްރު ހޯދުމާ ފޮށިތަންމަތި ތައްޔާރުކުރުމެއް ނޫނެވެ. އެއަށްވުރެ މާމުހިންމު ކަމެއް އެބައޮތެވެ. އެއީ ދަތުރުމަތީގައި ނަމާދުކުރާނެ ގޮތް ދަސްކުރުމެވެ. ނަމާދުކުރުމުގައި ދަތުރުވެރިންނަށް ދެއްވަވާފައިވާ ލުއިފަސޭހަކަމުގެ ބޭނުން ހިފަން ދަސްކުރުމެވެ. 

އެހެނީ ދަތުރެއްގެމަތީގައި ކިތަންމެ ބިޒީކަން ބޮޑުކޮށް އުޅެންޖެހުމަކީވެސް ހަމަ އެންމެ ނަމާދެއްވެސް އެޅުން ހުއްދަ ކަމެއް ނޫނެވެ. ވީމާ ފޮތްތައް ކިޔައި ދަސްކުރާށެވެ. އޮޅުން އަރާ ކަންކަމުގައި ޢިލްމްވެރިންނާއި ސުވާލުކޮށް ޖަވާބުހޯދާށެވެ! ދަތުރަށް ކުރަން އޮތް އެންމެ މުހިންމު ކަމަކީ އެއީއެވެ. 

ސުވާލު. ދަތުރުވެރިޔާ ޖަމްޢުކޮށް ނަމާދުކުރާއިރު ދެފަހަރު ނިޔަތްގަންނަން ޖެހޭނެ ނޫންތޯ؟ މިސާލަކަށް މަޢްރިބް ފަސްކޮށް ޤަޞްރަށް އިޝާނަމާދާއި އެއްކޮށްކުރުން. ދެން ސަލާންދީފާ ޢިޝާނަމާދު ކުރާއިރު ނިޔަތް ގަންނަނީ ޢިޝާނަމާދު މަޣްރިބް ނަމާދާއި އެއްކޮށް ކުރަމޭތޯ؟ 

ޖަވާބު:. ނަމާދު ފެށުމުގެކުރިން ތިމަންނާ މިރޭ މަޣްރިބް އާއި ޢިޝާ ކުރާނީ ޤަޞްރުކޮށް ޖަމްޢުކޮންނޭ ހިތަށް އެރުވީމާ އެއޮތީ ނިޔަތް ގަނެވިފައެވެ. 

ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް.

 

 

 

މިއަދު އޮންލައިން