ކައިވެނިކުރަން ހުރަސްއަޅަން ހަދާ ސިޙުރުން ފެނިދާނެ ބައެއް ޢަލާމަތްތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ކައިވެނިކުރަން ހުރަސްއަޅަން ހަދާ ސިޙުރުން ފެނިދާނެ ބައެއް ޢަލާމަތްތައް-

ކައިވެނިކުރަން ހުރަސް އެޅުމުން ފެނިދާނެ ބައެއް ޢަލާމާތްތަކުގެ ތެރޭގައި: 

- ހަރުފައެއް ފަދަ ނުރައްކާތެރި އެއްޗެއް ތިބާގެ ގައިގަ ދަތް އަޅަން އުޅެނިކޮށް ނުވަތަ އެފަދަ އެއްޗެއް ތިމާ ފަހައި ދުވާތަން ފެނުން-

- ފަހަތުން ބިރުވެރި ކަޅުހިޔަންޏެއް ހުވަފެނުގައި ހިފުން

- ޖިންސީ ގުނަވަނަށް ނުވަތަ ގުނަވަން ކައިރިއަށް ބަލިތައް ޖެހުން، ރިއްސުން، ދިލަނެގުން.

- ކުރިން ލޯބިން ވާހަކަ ދައްކައި އުޅުނު ގޮތް ބަދަލުވެ ފޫހިކޮށް ވާހަކަދައްކަން ފެށުން

- ކައިވެނިކުރާ ވާހަކަ ދެއްކޭއިރަށް ޒުވާބަކަށްވުން

- ހިތާއި މޭގައި ރިއްސުން 

މިނޫންވެސް ބައެއް އަލާމާތްތައް ފެނިދާނެއެވެ. މިއީ އެންމެ ގިނަ މީހުންނަށް ފެންނަ ބައެއް ޢަލާމާތްތަކެވެ. މިފަދަ ޢަލާމާތްތައް ފެންނަނަމަ ފަރުވާކުޑަނުކޮށް އިތުބާރުކުރެވޭ ރާޤީއެއްގެ ލަފާހޯދާށެވެ.  

ދެން ބުނެލަން ބޭނުންވަނީ ރާޤީގެ ކިބައިން ފަރުވާ ހޯދާއިރުވެސް މައްސަލައަށް ފަރުވާހޯދާށެވެ. އެކަންކުރި މީހަކު ހޯދަން މަސައްކަތްނުކުރާށެވެ. މުހިންމީ މީހާއެއް ނޫނެވެ. މައްސަލަ ޙައްލުވުމެވެ. އަދި އެމީހަކު ހޯދަން ކަންކަން ކުރުމުން އެކަންހިމެނިގެންދާނީ ސިޙުރު ހެދިކަމުގެ ތެރެއިންނެވެ. އެއިރުން އެކަން ފެތިގެންދާނީ ޝިރުކުގެ ތެރެއަށެވެ. އެކަމުން ލިބޭނެ ގެއްލުން މާބޮޑުވާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން