ދިރިއުޅުމުގެ ކަންކަން އިޞްލާޙްކޮށް، ތައުބާވެ އަޅުކަމާއިގެން ކުރިއަށްދާއިރު ކުރިން މައިންބަފައިންނަށް އިހްމާލްވެވުނީތީ އެކަމަށް ކުރެވޭނީ ކޮން ކަމެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ދިރިއުޅުމުގެ ކަންކަން އިޞްލާޙްކޮށް، ތައުބާވެ އަޅުކަމާއިގެން ކުރިއަށްދާއިރު ކުރިން މައިންބަފައިންނަށް އިހްމާލްވެވުނީތީ އެކަމަށް ކުރެވޭނީ ކޮން ކަމެއް؟

ދިރިއުޅުމުގެ ކަންކަން އިޞްލާޙްކޮށް، ތައުބާވެ އަޅުކަމާއިގެން ކުރިއަށްދާއިރު ކުރިން މައިންބަފައިންނަށް އިހްމާލްވެވުނީތީ އެކަމަށް ކުރެވޭނީ ކޮން ކަމެއް؟ 

މިސުވާލުމިކުރާ ސަބަބަކީ އަޅުގަނޑުގެ ބޭބެއަކު ކުރިން ވަރަށް ގޯސްކޮށް އުޅެފައި މިހާރު އިޞްލާޙްވެއްޖެއެވެ. މަންމަ ވަނީ މީގެ 2 އަހަރުކުރިން ނިޔާވެފައެވެ. މަންމަ އެންމެ ބޮޑަށް ހިތާމަކުރި އެއްކަމަކީ ބޭބެގެ އުޅުންހުރި ގޮތެވެ.  

ކިޔުންތެރިޔާ ތިއަ ފާހަގަކުރައްވާ ފަދަ ޙާލަތެއްގައި ވިސްނަންވީ މާޒީއަކަށް ނޫނެވެ. ކުރިއަށެވެ. ތައުބާވުމުން މާޒީ މާޒީއަކަށްވެ ނިމުނީއެވެ. މާޒީގައި ކުރެވިފައިވާ ފާފަތަކަށް ﷲ ތަޢާލާ ޢަފޫކޮށްދެއްވަވާނެތެވެ.  

ތައުބާވެގެން ހުރުމުން މިހާރު ކުރަން އޮތް ފުރަތަމަ ކަމަކީ ވީހާ ގިނައިން މަންމައަށް ހެޔޮދުޢާ ކޮށްދިނުމެވެ. ކޮންމެ ނަމާދެއްގައިވެސް އަދި ނަމާދުނިމިގެންވެސް ދުޢާކުރެވޭނެއެވެ. ސަޖިދައިގައިވެސް ދުޢާކުރެވޭނެއެވެ. ދެން ކުރަން އޮތް ކަމަކީ ފުދުންތެރިކަން ހުރި މިންވަރަކުން މަންމަގެ ނަމުގައި ޞަދަގާތް ކުރުން ގިނަ ކުރުމެވެ. ތަނަވަސްކަން ލިބިގެންވާނަމަ މަންމަގެ ނަމުގައި މިސްކިތެއް އެޅުން، މިސްކިތަ އަޅާ ބައަކަށް އެހީތެރިވުން ފަދަ ކަންކަންވެސް ކުރެވިދާނެއެވެ.

މިއަދު އޮންލައިން