ޢާއިޝަތު ރަފާޙް ޢަލީ
عَنْ أَبِي مُحَمَّدٍ، الحَسَنِ بْنِ عَلِيِّ بْنِ أَبِي طَالِبٍ - سِبْطِ رَسُولِ اللَّهِ ﷺ، وَرَيْحَانَتِهِ رَضِيَ اللَّهُ عَنْهُمَا قَالَ: حَفِظْتُ مِنْ رَسُولِ اللَّهِ ﷺ: «دَعْ مَا يَرِيبُكَ إِلَى مَا لَا يَرِيبُكَ» رَوَاهُ التِّرْمِذِيُّ، وَالنَّسَائِيُّ، وَقَالَ التِّرْمِذِيُّ: «حَدِيثٌ حَسَنٌ صَحِيحٌ». ⁽
އަބޫ މުޙައްމަދު އަލްޙަސަން ބިން ޢަލީ ބިން އަބީ ޠާލިބު رَضِيَ اللَّهُ عَنْهُمَا - ރަސޫލު ﷲ ﷺ ގެ ލޯބިފުޅުވާ މަލެއްފަދަ ކާފަދަރިކަލުން - ވިދާޅުވިކަމަށް ރިވާވެގެންވެއެވެ: ރަސޫލު ﷲ ﷺ ގެ އަރިހުން (މި ބަސްފުޅު) އަހަރެން ހިތުދަސްކުރީމެވެ: ”ތިބާއަށް ޝައްކުނުވާ ކަންތައްތަކަށް ޓަކައި، ތިބާއަށް ޝައްކުވާ ކަންތައް ދޫކޮށްލާށެވެ.“ (އެބަހީ: ޝައްކުވާ ކަންތައް ބަހައްޓާފައި، ޝައްކު ނުވާ ކަންތަކުގައި ހިފާށެވެ.)
މިޙަދީޘްފުޅު ރިވާކުރައްވާފައިވަނީ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ކާފަދަރިކަލުން ޙަސަންގެފާނެވެ. ޙަސަންގެފާނަކީ ޢަލީގެފާނާ ފާޠިމަތުގެފާނުގެ ދަރިކަލުންނެވެ. ޙަސަންގެފާނަކީ ޚުލަފާއުއް ރާޝިދީންގެ ތެރެއިން 5 ވަނަ ބޭފުޅެވެ. ޙަސަންގެފާނުގެ ފުރިހަމަ ނަންފުޅަކީ الحَسَنُ بنُ عَلِيِّ بنِ أَبِي طَالِبٍ بنِ عَبْدِ المُطَّلِبِ އެވެ. ކުންޔާއަކީ އަބޫ މުހައްމަދު އެވެ.
މިޙަދީޘްގެ ޝަރަޙައިގައި ޢިލްމުވެރީން ވިދާޅުވާ ގޮތުގައި މިސާލަކަށް މީހަކު ވުޟޫކޮށް ނިމިގެން ނަމާދު ކުރުމަށްފަހު،ވުޟޫ ކުރެވުނުތޯ ނުވަތަ އެއްވެސް ގޮތަކަށް ވުޟޫ ނުކުރެވޭ ކަމަށް ޝައްކުވިއެވެ. އަދި ވުޟޫ ކުރިނަމަ ނަމާދު ޞައްޙަ ވާނެ ކަމާއި، ނުކޮށްފިނަމަ ނަމާދު ބާޠިލް ވާނެ ކަމަށް ހިތަށް އެރިއެވެ. ޙަދީޘް އެމީހާއަށް ހަނދާން ކޮށްދީ، ނަމާދު ޞައްޙަވުމާމެދު މިތާގައި އެއްވެސް ޝައްކެއް ނެތްކަން އެމީހާއަށް ބުނެދިނުން ކަމަށެވެ.
ހަމައެއާއިއެކު ކުރެވެން އުޅެނީ ﷲ ތަޢާލާ ހުއްދަ ކުރެއްވެވި ކަމެއްކަން ޔަޤީންނުވާ އެއްވެސް ކަމެއް ނުކުރާށެވެ! ޔަޤީންވާ ކަންކަން ކުރާށެވެ!