މާކަނޑުގެ އެންމެ އަޑިން 7 އުޑުމައްޗަށް އުފުއްލެވުނު ދުޢާގަ ހިމެނޭ 3 ކަންތައް ހިމަނައިގެން ދުޢާކޮށްފިނަމަ ހިންމަވައި ދެއްވަވާނެ!: އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 51ސ
މާކަނޑުގެ އެންމެ އަޑިން 7 އުޑުމައްޗަށް އުފުއްލެވުނު ދުޢާގަ ހިމެނޭ 3 ކަންތައް ހިމަނައިގެން ދުޢާކޮށްފިނަމަ ހިންމަވައި ދެއްވަވާނެ!: އިން ޝާ ﷲ

ފުރަތަމަ ކަމަކށް ހަނދުމަކޮށްލައިދޭނަމެވެ. އަހުރެމެންނަކީ އެއްވެސް ޢާރެއް ބާރެއް ލިބިފައި ނެތް ވަރަށް ނިކަމެތި ބައެކެވެ. އަހަރެމެންނަކީ ކޮންމެ ދުވަހަކުވެސް އެތައް ކަމަކަށް އެދި ﷲ ތަޢާލާގެ ދުޢާކުރަންޖެހޭ ބައެކެވެ. 

ގިނަގިނައިން ދުޢާކުރާކުރާ އަޅުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. ވީމާ ދުޢާކުރުމަކީ ވަރަށް އިޚްލާޞްތެރިކަމާއި، ފަރުވާތެރިކަމާއިއެކު ކުރަންޖެހޭނެ ކަމެކެވެ. 

ދުޢާ ކުރުމުގައި ހިފަހައްޓަންޖެހޭ ނުވަތަ ޢަމަލުކުރަންޖެހޭ ކަންތައްތައް ވަރަށް ގިނައެވެ. އެހެންކަމާއިއެކުވެސް ކޮންމެހެން ހިފަހައްޓަންޖެހޭ 3 ކަމެއް ފާހަގަކޮށްލާނަމެވެ. މި 3 ކަންތައް ފާހަގަމިކުރަނީ އިންސާނަކަށް ކުރެވުނު އެންމެ ބާރުގަދަ އެއް ދުޢާއިންއިންނެވެ. އަދި ކީއްހެޔެވެ؟ މިދުޢާ ނޫނީ ކަނޑުގެ އެންމެ އަޑިން 7 ވަނަ އުޑަށް ދުޢާއެއް "ފޮނުވައިލެވުނު"ކަން އަހަރެންނަށް އެނގިފައެއް ނެތެވެ. 

އިބްރާހީމްގެފާނު އެ ބޮޑު ބިޔަ އަލިފާންގަނޑުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާ ކުރެއްވެވީވެސް ބިންމަތީޣައި ހުންނަވައިގެންނެވެ. ނމަވެސް ޔޫނުސްގެފާނު މިދުޢާކުރެއްވެވީ މަހެއްގެ ބަނޑުގައި ކަނޑޫގެ އެންމެ އަޑީގައި އިންނަވައިގެންނެވެ. 

ﷲ ތަޢާލާ ވަޙީކުރައްވަވާފައިވެއެވެ. 

އަދި ذوالنّون (އެބަހީ: ޔޫނުސްގެފާނު) ހަނދުމަކުރާށެވެ! އެކަލޭގެފާނު (ޤައުމުގެ މީހުންދެކެ) ކޯފާވެގެން ވަޑައިގަތް ހިނދެވެ. ފަހެ، އެކަލޭގެފާނަށް ތިމަންރަސްކަލާނގެ ޢުޤޫބާތެއް ނުދެއްވަވާނެކަމަށް ހީކުރެއްވިއެވެ. ފަހެ، އެކަލޭގެފާނު އަނދިރިތަކުގެ ތެރޭގައި (މަހުގެ ބަނޑުގައި) ދުޢާ ކުރެއްވިއެވެ. އިބަރަސްކަލާނގެ މެނުވީ، އިލާހަކު ނެތެވެ. އިބަރަސްކަލާނގެ ހުސްޠޯހިރުވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ. (އަލްއަންބިޔާ: 87) 

"ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަ ދެއްވީމެވެ. އަދި ދަތިކަމާއި، މޮޅިވެރިކަމުން އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. އަދި އެފަދައިން ތިމަންރަސްކަލާނގެ مؤمن ތަކުން ސަލާމަތްކުރައްވަމެވެ". (އަލްއަންބިޔާ: 88) 

ދުޢާކުރާއިރު ކޮންމެ މީހަކު ވެސް ބޭނުންވާނީ އެންމެ ރިވެތި އެންމެ ފުރިހަ ދުޢާ އެއް ކުރުމަށެވެ. އެންމެ ފަށުވި އަދި އެންމެ މަތިވެރި ޢިބާރާތުން ލިޔެވިފައިވާ ދުޢާއެއް ކުރުމަށެވެ. އެހެންވެ އެފަދަ ދުޢާ ހޯދަން މީސްތަކުން ގަދައަޅައި މަސައްކަތްކުރެއެވެ. 

މިދުޢާގައި ހިމެނިގެން މިދަނީ 3 ބައެކެވެ. " (1) އިބަރަސްކަލާނގެ މެނުވީ، އިލާހަކު ނެތެވެ. (2) އިބަރަސްކަލާނގެ ހުސްޠޯހިރުވަންތަކަމާއެވެ! (3) ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ". 

މިކަންތަކަކީ (1) ﷲ ތައާލާގެ އެއްކައުވަންތަކަން ޤަބޫލުކޮށް އެކަލާނގެމަތިވެރިކުރުމާއި (2) ﷲ ތައާލާއީ އެންމެހައި އުނިސިފތަކުން ހުސްތޯހިރުވަންތަކަން ލިބިވޮޑިގެންވާ، އެންމެ ފުރިހަވެގެންވާ ހުރިހާ ސިފަފުޅުތަކެއް ލިބިވޮޑިގެންވާ ރަސްކަލާނގެކަން ޤަބޫލުކުރުމާއި އަދި (3) ތިމާއަކީ ކުށްވެރިއެއްކަމަށް ޤަބޫލުކުރުމެވެ. ކުރެވިފައިވާ ފާފަތަކަށް އިޢްތިރާފެވެ ހިތާމަކުރާހާލުގައި ދުޢާކުރުމެވެ. 

މިފަދައިން ދުޢާކުރުމުން މިވަނީ ކިހިނަކުންހެއްޔެވ؟ "ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަ ދެއްވީމެވެ. އަދި ދަތިކަމާއި، މޮޅިވެރިކަމުން އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. އަދި އެފަދައިން ތިމަންރަސްކަލާނގެ مؤمن ތަކުން ސަލާމަތްކުރައްވަމެވެ". މިފަދައިން ދުޢާކުރުމުން މިވާގިތަކީ ﷲ ތަޢާލާ އެމީހާގެ ދުޢާ ޢިޖާބަކުރައްވަވައި ދެއްވަވަނީއެވެ. ކުރިމަތިވެފައިވާ ދަތިތަކާއި މޮޅިވެރިކަމުން ސަލާމަތްކުރައްވަވައި ދެއްވަވަނީއެވެ. 

މިއީ އެއްވެސް މީހަކު ބުނާ ވާހަކަތަކެއް ނޫނެވެ! ބަޔާން މިކުރި 2 އާޔަތުގައި ﷲ ތައާލާ ވަޙީކުރައްވަވާފައިވާ ބަސްފުޅުތަކެވެ. ވީމާ ކޮންމެ ކަމަކަށް އެދިގެން ދުޢާކުރި ނަމަވެސް މި ޝަރުޠުތައް ފުރިހަމަކޮށްގެން ދުޢާކުރާށެވެ! ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން