ސުވަރުގެ ވަދެވޭނީ ކިހިނެއްތަ؟ އެންމެ ނުރައްކާތެރި ފާފަ ކުރާ މީހުން ގިނަވެ އެފާފަވެސް ގިނަ ބައަކަށް އޮޅިއްޖެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ސުވަރުގެ ވަދެވޭނީ ކިހިނެއްތަ؟ އެންމެ ނުރައްކާތެރި ފާފަ ކުރާ މީހުން ގިނަވެ އެފާފަވެސް ގިނަ ބައަކަށް އޮޅިއްޖެ!: މުފްތީ މެންކް

އިސްލާމް ދީނުގައި ބަޔާންވެގެންވާ ބޮޑެތި ފާފަތަކުގެ ލިސްޓް މުސްލިމުންނަށް ވަރަށް ރަނގަޅަށް އެނގެއެވެ. ޒިނޭކުރުމާއި މަސްތުވުމާއި ރިބާ ކެއުމާއި، ރިޝްވަތުދިނުމާއި ރިޝްވަތު ހިފުމާއި ވައްކަންކުރުމާއި މިހެންގޮސް ބޮޑެތި ފާފަތައް ކަމުގައި ހިމެނޭ ފާފަތަކަކީ ކޮބައިކަން އެންމެންނަށްވެސް އެނގެއެވެ. އެފާފަތަކުން ދުރުހެލިވާން މަސައްކަތްވެސް ކުރެއެވެ. 

މިބުނި ފަދަ ބޮޑެތި ފާފަތަކަށްވުރެ މާނުރައްކާތެރިކަން ބޮޑު ފާފައެއް އެބައޮތެވެ. ގިނަ ބައަކު ދަނީ އެނުރައްކައުތެރިކަން ބޮޑުފާފަކުރަމުންނެވެ. ގިނަ ބައަކަށް އެނުރައްކަތެރިކަންބޮޑު ފާފަ ކުރެވޭއިރު މިކުރެވެނީ އެވަރުގެ ބޮޑު ފާފައެއްކަން ނުވެސް އެނގޭފަދައެވެ. 

ވީމާ އަހުރެން މިރޭ މިބައްދަލުވުމުގައި މަސައްކަތްމިކުރަނީ އެންމެ ނުރައްކައުތެރިކަން ބޮޑު ފާފައިގެ ވާހަކަދައްކައި މީސްތަކުންގެ ސަމާލުކަމަށް އެކަން ގެނެވޭތޯއެވެ! އެއީ އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަތުމެވެ. 

ތިމާއަށް ކުރެވޭ ފާފަތަކުގެ ތެރެއިން އެހެން މީހެއްގެ ޙައްޤު އެކަމުގައި އެކުލެވިގެންނުވާ ކޮންމެ ފާފައަކަށްވެސް ތައުބާވުމުން ﷲ ތަޢާލާ އެމީހަކަށް ފާފަ ފުއްސަވައި ދެއްވަވަތެވެ. ނަމަވެސް މީހެއްގެ ޙައްޤަކަށް އަރައިގަނެފިނަމަ އެމީހަކު މާފުކުރަންދެން ﷲ ތަޢާލާ އެފާފަ ފުއްސަވައި ނުދެއްވަވާނެތެވެ. މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުމުގެ ނުރައްކައުތެރިކަން ބޮޑުވަނީ އެހެންވެގެންނެވެ. 

ވިސްނާށެވެ! ޝިރުކުރެވުނު މީހާވެސް ތައުބާވެއްޖެނަމަ އޭނާގެ ފާފަ ފުއްސަވައިދެއްވަވާނެތެވެ. އެއީ ޤުރްއާނުން ޔަޤީންވާ ކަމެކެވެ. ނަމަވެސް ކުރިން މިބުނި ފަދައިން އެއްވެސް މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާނަމަ އެމީހަކު އެކަމަކަށް މާފުކުރަންދެން އެކަން ފާފައެއްގެ ގޮތުގައި ދެމިއޮންނާނެއެވެ. 

ދުނިޔޭގައި މާފުނުހޯދިއްޖެނަމަ އާޚިރަތް ދުވަހުން ބަދަލުދޭންޖެހޭނެއެވެ. ބަދަލަށް ދޭންޖެހޭނީ އެމީހާ ދުނިޔޭގައި ހުރެ ސުވަރުގެ ލިބިގަތުމަށް ނުހަނު ބުރަ މަސައްކަތުން ކުރި ހެޔޮ ޢަމަލުތަކެވެ. ނުދީވާނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. ކިތަންމެ ވަރަކަށް ދެކޮޅު ހެދިނަމަވެސް އަނެކާގެ ޙައްޤުތައް އެމީހަކަށް ﷲ ތަޢާލާ ހޯއްދަވައި ދެއްވަވާނެތެވެ. ބަދަލުދޭންޖެހޭ މީހާ ކޮށްފައިވާ ހެޔޮ ޢަމަލުތަކުން ބަދަލު ނަންގަވައިދެއްވަވާނެތެވެ. 

ވީމާ ހުރިހާ ގޮތަކުން ބެލިނަމަވެސް އެންމެ ނުރައްކައުތެރިކަން ބޮޑު ފާފައަކީ އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަތުމެވެ. ބުނަން ހެއްޔެވެ؟ މީހުންނަށް ޙައްޤަކާއި ނުލައި ނުބައިބަސްތައް ބުނެ ހިތުގައި ޖެއްސުވުމަކީވެސް އޭނާގެ ޙައްޤުތަކަށް އަރައިގަތުމުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. ވީމާ މީހުންނަށް ނުބައިބަސްތައް ބުނެ ހިތުގައި ޖެއްސުވުމުގެ ބަދަލުގައި ހެޔޮ ބަސްތައް ބުނެ އެހެން މީހުންނަށް އުފާވެރިކަށް ހޯދައިދޭ މީހަކަށްވާށެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން