ބައިވެރިޔާގެ ފޯނު ފުރެންދެން ތިބާދެކެ ވަރަށް ބޮޑަށް ލޯބިވަން ކަމަށް ބުނެ މެސެޖް ފޮނުވުމާ އެންމެފަހަރަކު ލޯބިން ހިނިތުންވެލައި ފިރުމައިލުމާއިވެސް އިންތިހާއަށް ތަފާތު!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ބައިވެރިޔާގެ ފޯނު ފުރެންދެން ތިބާދެކެ ވަރަށް ބޮޑަށް ލޯބިވަން ކަމަށް ބުނެ މެސެޖް ފޮނުވުމާ އެންމެފަހަރަކު ލޯބިން ހިނިތުންވެލައި ފިރުމައިލުމާއިވެސް އިންތިހާއަށް ތަފާތު!: މުފްތީ މެންކް

އޮންލައިންކޮށް ގިނަކަންތައްތަކެއް ކުރެވޭނެ މަގުފަހިވިކަމީ ދިރިއުޅުމަށް ލިބުނު ވަރަށް ބޮޑު ފަސޭހައެކެވެ. ނަމަވެސް އޮންލައިންކޮށް ނުކުރެވޭނެ ކަންތައްތަކެއްވެސް ހުންނާނެއެވެ. މިގޮތުން ދެމަފިރިންގެ ދިރިއުޅުމަށްބަލާއިރު އެކަކު އަނެކެއްގެ ކިބައިން ބޭނުންވާ ބީހިލުމަކީ އޮންލައިންކޮށް ކޮށްދެވޭނެ ކަމެއް ނޫނެވެ. 

ދިރިއުޅުމުގެ ކަންކަމަށް އަންނަމުން މިދާ ބަދަލުތަކަށް ފުންކޮށް ނުވިސްނާނަމަ އެމީހެއްގެ ދިރިއުޅުމުގެ ކަންކަން ކާމިޔާބުކުރަން ހުރަސްތަކެއް އަބަދުވެސް ހުންނާނެއެވެ. ވީމާ މިރޭ ނިކަން މިކަންކަމުގެ މައްޗަށްވެސް ވިސްނައިލަމާ ހެއްޔެވެ؟ 

ދުނިޔެ ބަވަނަވެއްޖެއެވެ. އެންމެން ބިޒީވެއްޖެއެވެ. ކޮންމެހެން ބުނަންޖެހޭ މީހުންގާތޮ ލޯބިވެއޭ ވެސް ދުލުން ބުނެލާނެ ވަގުތުވާކަމަކަށް ނުވެއެވެ. އެހެންވެ ސްޓިކަރ އެއްފަދަ އެއްޗެއް ފޮނުވާލައި ފުއްދައިލަނީއެވެ. ސުވާލަކީ އެކަމުން ފުދޭ ހެއްޔެވެ؟ ޙާޞިލުކުރަން ތިއުޅޭ ކަންތައް އެއްވެސް ވަރަކަށް ޙާޞިލުވޭ ހެއްޔެވެ؟ 

މިހާރުގެ ޙާލަތަށް ބަލައިފިނަމަ ގާތް ތިމާގެ މީހުންނާއިވެސް ބައެއް މީހުން ހުރިހާ ގުޅުންތަކެއް ބާއްވަނީ ސޯޝަލް މީޑިއާގައެވެ. އެއީވެސް ރަނގަޅު ގޮތެއް ނޫނެވެ. ވީވަރަކުން ބައްދަލުކޮށް ޙާލު އަހުވާލު ބަލަންވާނެއެވެ. މޫނާއި މޫނު ދިމާކުރަންވާނެއެވެ. ޢާއިލާގެ މީހުން ދިރިއުޅެނީ އެއް ރަށުގައި ކަމަށްވާނަމަ ބައްދަލު ނުކޮށް ތިބުމަކީ ދީނުގައި އަމަލުކުރަން އޮތް ގޮތެއް ނޫނެވެ. 

އެއް ފަސްގަނޑުގައި ތިބެމެ، ތިމާ ހާލު ބަލަން ޖެހޭ މީހެއްގެ ޙާލު ސޯޝަލް މީޑިއާ މެދެވުރިކޮށް ބެލުމަކުން ނުފުދޭނެއެވެ. އަމިއްލަ ލޮލުން ބަލަންވާނެއެވެ. އަމަލީ ގޮތުން ކޮށްދެވެން އޮތް ކަމެއް ކޮށްދެވޭނީވެސް ބައްދަލުކުރެވިގެންނެވެ. ވީމާ މިކަންކަމަށް ވިސްނައިލުން ވަރަށް ބޮޑަށް އެދެމެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް 1 މިލިއަން ފަހަރު "އަހަރެން ވަރަށް ލޯބިވޭ" މެސެޖް ނުވަތަ ސްޓިކަރ ފޮނުވުމާ އެންމެފަހަރަކު ފިރުމައިލުމާއިވެސް އަޅައިވެސް ނުކިޔޭނެއެވެ. 

އަހަރެންނަށް ލިބިހުރި މައުލޫމާތުގެ މައްޗަށް ބުރަވާނަމަ ސޯޝަލް މީޑިއާ މެދުވެރިކޮށް 1 މިލިއަން ފަހަރު ނުވަތަ އަނެކާގެ ފޯނު ފުރެންދެން "އަހަރެން ކަލާދެކެ ވަރަށް ލޯބިވޭ" މެސެޖް ނުވަތަ ސްޓިކަރ ފޮނުވުމާއި އެންމެފަހަރަކު ލޯބިން ބަލާލައި، ހިނިތުންވެލައި، ފިރުމައިލުމާއިވެސް އުޑާއި ބިމާހައި ތަފާތެވެ. ޚާއްޞަކޮށް ދެމަފިރިންގެ ކަންކަމުގައެވެ. ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ގުޅުންތަކުގައެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން