ލިބޭ މިންވަރަކުން ދަރިންނަށް ޚަރަދުނުކޮށް ނިކަމެތިކުރުވުމަކީ މީހަކަށް ކުރެވޭނެ އެންމެ ބޮޑު އެއް ފާފަ! ލަސްތަކެއްނުވެ މީހާ ނިކަމެތިވާ ކަމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ލިބޭ މިންވަރަކުން ދަރިންނަށް ޚަރަދުނުކޮށް ނިކަމެތިކުރުވުމަކީ މީހަކަށް ކުރެވޭނެ އެންމެ ބޮޑު އެއް ފާފަ! ލަސްތަކެއްނުވެ މީހާ ނިކަމެތިވާ ކަމެއް!: މުފްތީ މެންކް

ފުރަތަމަ ކަމަކަށް ބުނެލަން ބޭނުންވަނީ ދަރިން ލިބުމުން ކައިވެނި ރޫޅައިނުލާށެވެ! ދެމަފިރިން ވަކިވުމަށްފަހު ގިނަ ކުދިން ކޮންމެވެސް އެކެއްގެ ލޯބިން މަޙްރޫމްވެއެވެ. ގިނަކުދިންނަށް މަޙްރޫމްވާންޖެހެނީ ބައްޕަގެ ލޯބިންނެވެ.

ދަރިން ލިބުމުން އަނބިމީހާ ވަރިކޮށްލައި ދަރިންގެ ޚަރަދުނުދީ ނުބަލަހައްޓާ މީހުން އެތިބެނީ ﷲ ތަޢާލާގެ އަމުރުފުޅަކަށް އަރައިގަނެގެންނެވެ. އަމިއްލަ ދަރިއަކަށް ޚަރަދުނުކޮށް ސަލާންޖަހަން ދޫކޮށްލުމަކީ އެތައް ސަތޭކަބައަކު ނިކަމެތިކޮށްލުމަށްވުރެ ނުބައިކަންބޮޑު ފާފައެކެވެ. އެ ޢަމަލުގެ ޒިންމާ އުފުލަންޖެހޭނެ ދުވަސް އަންނާނެކަން އެއީ ހަމަ ޔަޤީންކަމެކެވެ.

މިކަންކަމުގެ އިތުރުން ޢިއްދައިގައި އިންނަ މުއްދަތުގައި ހެޔޮކޮށްހިތައި އަންތބަކު ފަދައިން ބަލަހައްޓައިދީ އެހީތެރިވެދޭންޖެހޭނެއެވެ. އެއީވެސް ﷲ ތައާލާ ޙަވާލުކުރައްވަވާފައިވާ މަސްއޫލިއްޔަތެކެވެ. އެ ޙައްޤު އަދާނުކޮށްފިނަމަ ޤިޔާމަތްދުވަހު ބަދަލުދޭންޖެހޭނެއެވެ. އަދި ކީއްހެއްޔެވެ؟ މިބުނި ކަންކަން ނުކުރާނަމަ އެކަމުން އެނގެނީ އެމީހާގެ ކިބައި ﷲ ތަޢާލާއަށް ކިޔަމަންތެރިކަން ނެތްކަމެވެ. ތަޤްވާވެރިކަން ނެތް ކަމެވެ. ވީމާ ﷲ ތަޢާލާއަށް ބިރުވެތިވެ ތަޤްވާވެރިވުމަށްވެސް މިކަންކަން ކުރަންޖެހެއެވެ.

 

މިއަދު އޮންލައިން