ބަރަކާތްތެރި ރަމަޟާން މަސް ވަރަށް ކައިރިވެފައި އޮތުމުން މިހުޅުވާލަނީ ރަމަޟާންމަހަށް ޚާއްޞަ ފުރުޞަތެކެވެ. އަންހެނުން ގޭގައި ތިބެ އަޅުކަންކުރަން ގިނަ ވަޤުތު ހޭދަކުރާއިރުވެސް ފިރިހެނުން މިސްކިތުގައި ގިނައިރު ތިބޭއިރުވެސް ލެގިލައިގެން އިނދެވޭނެ މުސައްލައެއް ހަމަ ހިލޭ ހޯއްދެވުމުގެ ފުރުޞަތެކެވެ. ކޮށްލަދެއްވަން އޮތް ކަމަކީ ތިރީގައިވާ ސުވާލަށް ޖަވާބެއް ފޭސްބުކްގައި ދެއްވުމެވެ.
މިއަދުގެ ސުވާލު:
ރަމަޟާން މަހަށް ތައްޔާރުވެލައްވަން މަސައްކަތް ފަށްޓަވައިފިންތޯ؟
އެހީ:
ކިޔުންތެރިން ބޭނުން ގޮތަކަށް ޖަވާބު ދެއްވީމާ ރަނގަޅުވާނެ! މިއަދުނޫހުގެ ބޭނުމަކީ ކުރިއާލައި ތައްޔާރުވުމުގެ މުހިންމުކަން ފާހަގަކޮށް ހަނދުމަކޮށްދިނުން. ފާހަގަކުރަން ބޭނުންވަނީ ގޭތެރޭގެ ކަންކަން ފުރިހަަމކުރުމެއް ނޫން. ވީހާ ގިނަ އަޅުކަން ކުރަން ތައްޔާރުވުން.
1 އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާ ވަޤުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އެކަކަށެވެ. ޖަވާބު ދެއްވާނީ މިއަދުނޫހުގެ ފޭސްބުކް ޕޭޖްގައި ސުވާލުގެ ތިރިން ކޮމެންޓް ގޮޅީގައެވެ. ކޮމެންޓް ކޮށްލެއްވުން ޖަވާބު ދެއްވުނީއެވެ.
2 އިނާމު ލިބިލައްވަން ހޮވޭ ކިޔުންތެރިންނަށް މެސެންޖަރ އިން މެސެޖެއް ފޮނުވޭނެއެވެ.
3 އިނާމު ހޯއްދަވަން 7788020 އަށް ވަޓްސްއެޕުން މެސެޖްކޮށްލެއްވުމުން ގުޅާނެއެވެ. ގުޅުމުން 2 ދުވަސްތެރޭ ޙަވާލުވެ ނުލައްވައިފިނަމަ މުސައްލައިގެ ބަދަލުގައި ލިބިލައްވާނީ 4 ފުޅި ހުވަނދެވެ. އެއީ ބައެއް ކިޔުންތެރިންނާއި ނުވެސް ގުޅުމާއި މުސައްލަ ބޭނުންވާ މީހުން ގިނަކަމުން ވީހާ ގިނަ ބައަކަށް ރޯދައިގެ ކުރިން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.