ޖަވާބު ދެއްވާ 1 ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބޭ މިއަދުގެ ސުވާލު!: ފަތިސް ނަމާދުކުރުމަށްފަހު ނިދުން ހުއްދަތަ؟

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
ޖަވާބު ދެއްވާ 1 ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބޭ މިއަދުގެ ސުވާލު!: ފަތިސް ނަމާދުކުރުމަށްފަހު ނިދުން ހުއްދަތަ؟

ރަމަޟާން މަހަށް ޚާއްޞަކޮށްގެން ކޮންމެ ދުވަހަކު ކިޔުންތެރިއަކަށް އިނާމެއްގެ ގޮތުގައި ދެމުން އައި ލެގިލައިގެން އިނދެވޭ މުސައްލަ ޢަދަދު ހަމަވުމާއި ގުޅިގެން މިފަށަނީ ކޮންމެ ދުވަހަކު ސުވާލަށް ޖަވާބުދެއްވާ 1 ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބޭނެ ސުވާލުތަކެވެ.  

ޢާންމުކޮށް ހުވަނދު ހަދިޔާ ދެމުން މިއަންނަނީ ރަމަޟާން މަހުގައެވެ. މިއަހަރު ކުރިއަށް މިފަށަނީ ކިޔުންތެރިން ދެއްވަމުން ގެންދަވާ ތަރްޙީބް ބޮޑުކަމުން ރަމަޟާން މަހާއި ބައްދަލުވާން ކުރިއަށް އޮތް ދުވަސްކޮޅަށްވެސް މެދުކަނޑާނުލައި ކުރިއަށް ގެންދިއުމުގެ ބޭނުމުގައެވެ.  

މިއަދުގެ ސުވާލު:

ފަތިސް ނަމާދުކުރުމަށްފަހު ނިދުން ހުއްދަތަ؟  

އެހީ:

ފަތިސްނަމާދުކުރުމަށްފަހު ނިދިއަންނަނަމަ ނިދުން ޤުރްއާނާއި ސުންނަތުގައި މަނާކުރައްވަވާފައި ނުވާތީ ނިދުން ހުއްދައެވެ. ނަމަވެސް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އަދި ޞަޙާބީންވެސް ފަތިސްނަމާދަށްފަހު އަވަހާރަފުޅު ލައްޕަވާފައެއް ނުވެއެވެ.  

ވީމާ އެންމެ ރަނގަޅު ގޮތަކީ ނިދީގެ ސަބަބުން މަޖުބޫރުޙާލަތަކަށް ނުދާނަމަ ނުނިދުމެވެ. ޢިލްމްވެރިން ބާރުއަޅުއްވަވަނީ ނުނިދުމަށެވެ.  

1 އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާ ވަޤުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އެކަކަށެވެ. ޖަވާބު ދެއްވާނީ މިއަދުނޫހުގެ ފޭސްބުކް ޕޭޖްގައި ސުވާލުގެ ތިރިން ކޮމެންޓް ގޮޅީގައެވެ. ކޮމެންޓް ކޮށްލެއްވުން ޖަވާބު ދެއްވުނީއެވެ. 

2 އިނާމު ލިބިލައްވަން ހޮވޭ ކިޔުންތެރިންނަށް މެސެންޖަރ އިން މެސެޖެއް ފޮނުވޭނެއެވެ.

3 އިނާމު ހޯއްދަވަން 7788020 އަށް ވަޓްސްއެޕުން މެސެޖްކޮށްލެއްވުމުން ގުޅާނެއެވެ. ގުޅުމުން 2 ދުވަސްތެރޭ ޙަވާލުވެ ނުލައްވައިފިނަމަ މުސައްލައިގެ ބަދަލުގައި ލިބިލައްވާނީ 4 ފުޅި ހުވަނދެވެ. އެއީ ބައެއް ކިޔުންތެރިންނާއި ނުވެސް ގުޅުމާއި މުސައްލަ ބޭނުންވާ މީހުން ގިނަކަމުން ވީހާ ގިނަ ބައަކަށް ރޯދައިގެ ކުރިން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.  

 

 

މިއަދު އޮންލައިން