ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 52ސ
ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލަނީ

ރާއްޖޭގައި ވިޔަފާރި އުސޫލުން ދަނޑުވެރިކަމުގައި ހަރަކާތްތެރިވެ އުޅޭ ފަރާތްތައް ދެނެގަތުމަށްޓަކައި މި ވުޒާރާއިން ދަފްތަރެއް އެކުލަވާލުމަށް ވަނީ ނިންމާފައެވެ.

މިގޮތުން މަޢުލޫމާތު ނެގުމަށް ހަމަޖެހިފައިވަނީ މިވަގުތު ދަނޑުވެރިކަމުގައި (ވިޔަފާރި އުސޫލުން ދަނޑުހައްދާ ފަރާތްތައް، ވިޔަފާރި އުސޫލުން ކުދިޖަނަވާރު އަދި ކުކުޅު ގެންގުޅޭ ފަރާތްތައް، ވިޔަފާރި އުސޫލުން ގަސް ހައްދާ ވިއްކާފަރާތްތައްް) ހަރަކާތްތެރިވާ ފަރާތްތައް އަދި ވިޔަފާރި އުސޫލުން މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކާއި އެކުއެވެ.

ވީމާ ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ އަދި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތައް 10 އޭޕްރީލް 2025 ވަނަ ދުވަހުގެ ކުރިން މި ވުޒާރާގެ މެއިލްއަށްް [email protected] ފޯމު ހުށަހަޅައިދެއްވުން އެދެމެވެ.

މި ދަފްތަރުގައި މިވަގުތު މީހުން ދިރިއުޅޭ ރަށްތަކުގައި ދަނޑުވެރިކަން ކުރަމުން އަންނަ އަމިއްލަ ފަރުދުން ހިމެނިވަޑައެއް ނުގަންނަވާނެއެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ މި ވުޒާރާގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން