ގްލޫޓެން، ގްރެއިން އަދި ޑެއިރީގެ ބާވަތްތައް ނުހިމެނޭ ސިއްޙަތަށް ފައިދާހުރި އަލްމަންޑް ޗޮކްލެޓް މަގް ކޭކް ތައްޔާރުކުރާނެ ގޮތް-

ކިޔުމަށް ހޭދަވާނީ 1މ 43ސ
ގްލޫޓެން، ގްރެއިން އަދި ޑެއިރީގެ ބާވަތްތައް ނުހިމެނޭ ސިއްޙަތަށް ފައިދާހުރި އަލްމަންޑް ޗޮކްލެޓް މަގް ކޭކް ތައްޔާރުކުރާނެ ގޮތް-

ސުއިޒާ

 

ގްލޫޓެން، ގްރެއިން އަދި ޑެއިރީގެ ބާވަތްތައް ނުހިމެނޭ ސިއްޙަތަށް ފައިދާހުރި މި ކޭކްއަކީ ކުޑަ ވަޤުތުކޮޅެއްގެތެރޭގައި ތައްޔާރުކޮށްލެވޭ، އަދި ތައްޔާރު ކޮށްލަން އެހާމެ ފަސޭހަ މީރު ކޭކްއެކެވެ. 

އަލްމަންޑް ޗޮކްލެޓް މަގް ކޭކް: 

ބޭނުންވާނެ ތަކެތި:

3 މސ. އަލްމަންޑް މީލް (ގްރައުންޑް އަލްމަންޑް ނުވަތަ އަލްމަންޑް ފްލާރ)

1 އެންޑް 2/1 މސ. ކޮކޯޕައުޑަރ

4/1 ސސ. ބޭކިންގޕައުޑަރ (ގްލޫޓެން ފްރީ)

ކުޑަ ލޮނުކޮޅެއް

1 ބިސް (ބޮޑު)

1 މސ. މޭޕްލް ސިރަޕް ނުވަތަ މާމުއި

2 ސސ. އެކްސްޓްރާ ވާރޖިން އޮލިވް އޮއިލް

2/1 ސސ. ވެނީލާ އެކްސްޓްރެކްޓް 

ތައްޔާރުކުރައްވާނެ ގޮތް:  

1.    ހިކި ބައިތައް (އަލްމަންޑް މީލް، ކޮކޯ، ބޭކިންގޕައުޑަރ) ތައްޓަކަށް އަޅާލުމަށްފަހު އެއްކޮށްލާށެވެ.

2.    އެއްކޮށްލި ބައިގެ ތެރެއަށް ބިސް، މޭޕްލްސިރަޕް، އޮލިވްއޮއިލް އަދި ވެނީލާ އެއްކޮށްލާށެވެ. ކޭކްފުށް ހުންނަހެން އޮމާންވެލަންދެން އުލަކުން ގަށާލާށެވެ.

3.    ޖޯޑަށް ފުށްކޮޅު އަޅާލާށެވެ. ޖޯޑު ނުފުރި 2 ސެންޓިމީޓަރ ވަރު ބަހައްޓާށެވެ. އެހެންނޫންނަމަ ޖޯޑުން ބޭރަށް ފުށްތައް ފައިބާނެއެވެ.

4.    އަވަނަށް ލުމަށްފަހު މިނެޓެއް ނުވަތަ ދެ މިނެޓެއްހާއިރު ފިހެލާށެވެ. ފިހެވެމުންދާއިރު ވަރަށް ބޮޑަށް ފުފޭނެއެވެ. ވަގުތު ހަމަވުމުން ފިހެވުނުތޯ ބަލާލާށެވެ. ނުފިހެވޭނަމަ އިތުރަށް 15 ވަރަކަށް ސިކުންތު ބަހައްޓާލާށެވެ.

5.    ބޭނުންނަމަ ޓޮޕިންގްސްއަށް އެއްޗެއް އަޅާލެވިދާނެއެވެ. 

ކޭކްފުށްކޮޅު މާ ހިކިކަމަށް ފާހަގަ ކުރެވޭނަމަ 1-3 ސައިސަމުސާ ކިރުފޮދެއް އަޅާ އެއްކޮށްލެވިދާނެއެވެ. ކޮންމެ ވައްތަރެއްގެ ކިރެއްވެސް ރަނގަޅުވާނެއެވެ. އިތުރަށް ރަހަ މީރު ކޮށްލުމަށްޓަކާ ސިނަމަންކޮޅެއް ނުވަތަ ޗޮކްލެޓް ޗިޕްސް ކޮޅެއްވެސް ކޭކްފުށްގަނޑަށް އެއްކޮށްލެވިދާނެއެވެ.

 

 

މިއަދު އޮންލައިން