ފާފަ ފުއްސެވުން އެދި ކުރަން އެންމެ ރަނގަޅު ދުޢާ އަކާއިމއެދު އަބަދުވެސް ގިނަ ބައަކު ސުވާލުކުރެއެވެ. މިގޮތުން ކުރި ސުވާލެއްގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ ފާފަ ފުއްސެވުން އެދި ކުރަން އެންމެ ރަނގަޅު ދުޢާ އިސްތިޣްފާރަކީ " أستغفر الله، وأتوب إليه" ކަމަށެވެ.
ޢައިޝަތުގެފާނުގެ އަރިއަހުން ޞަޙީހް މުސްލިމް އާއި ބުޚާރީގައި ރިވާވެގެންވެއެވެ.
وعن عائشة رضي الله عنها قالت: كان رسول الله صلى الله عليه وسلم يكثر أن يقول قبل موته "سبحان الله وبحمده، أستغفر الله، وأتوب إليه" ((متفق عليه)).
މާނައީ: "ﷲގެ ހުސްޠާހިރުވަންތަކަމާއިއެވެ. (ﷲ އީ އެންމެހައި އުނިސަފަތުން ބަރީޢަވެވޮޑިގެންވާ، ދުރުވެވޮޑިގެނަވާ ގެންވާ ރަސްކަލާނގެއެވެ.) އަދި އެ އިލާހްގެ ޙަޟްރަތަށް ޙަމްދުހުއްޓެވެ. (އެންމެހައި ތަޢްރީފެއް ޙައްޤުވެގެންވަނީ ﷲ އަށެވެ. މިއަޅާ ﷲގެ ޙަޟްރަތުން ފާފަފުއްސަވައިދެއްވެވުމަށް އެދެމުއެވެ. އަދި އެ އިލާހުގެ ޙަޟްރަތަށް މިއަޅާ ތައުބާ ވަމުއެވެ." މި ދުޢާ ގިނަގިނައިން ރަސޫލާ (ޞޢވ) ކުރެއްވެވެވިއެވެ." (މާނަ: ޝައިޚް އިބްރާހީމް ފަރީދް އަޙްމަދު)