ޖަވާބުދެއްވާ 1 ކިޔުންތެރިއަކަށް މައިލޯ ބުއިން ކޭހެއް ލިބޭ މިއަދުގެ ސުވާލު!: އަންހެނުން ފިރިހެނުންލާ ފޭރާންލުމާއި ފިރިހެނުން އަންހެނުންލާ ފޭރާންލުން ހުއްދަވާނެތަ؟

އަހުމަދު
ކިޔުމަށް ހޭދަވާނީ 2މ 1ސ
ޖަވާބުދެއްވާ 1 ކިޔުންތެރިއަކަށް މައިލޯ ބުއިން ކޭހެއް ލިބޭ މިއަދުގެ ސުވާލު!: އަންހެނުން ފިރިހެނުންލާ ފޭރާންލުމާއި ފިރިހެނުން އަންހެނުންލާ ފޭރާންލުން ހުއްދަވާނެތަ؟

މިދިއަ އަހަރު ފަދައިން މިއަހަރުވެސް މިހުޅުވާލަނީ ސުވާލަށް ޖަވާބުދެއްވައިގެން ކޮންމެ ދުވަހަކުވެސް މައިލޯ ބުއިން ކޭހެއް ހޯއްދެވުމުގެ ފުރުޞަތެވެ. ސުވާލަށް ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން 1 ކިޔުންތެރިއަކަށް ކޮންމެ ދުވަހަކުވެސް މައިލޯ ބުއިން ކޭހެއް ލިބިވަޑައިގަންނަވާނެއެވެ.   

މިއަދުގެ ސުވާލު:

އަންހެނުން ފިރިހެނުންލާ ފޭރާންލުމާއި ފިރިހެނުން އަންހެނުންލާ ފޭރާންލުން ހުއްދަވާނެތަ؟  

އެހީ:

އަންހެނުން ފިރިހެނުންލާ ފޭރާންލުމާއި ފިރިހެނުން އަންހެނުންލާ ފޭރާންލުން ހުއްދައެއް ނުވާނެއެވެ. އަނެއްޖިންސުން ލައި އުޅޭ ގޮތަށް ފޭރާންލާ މީހުންނަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ލަޢްނަތް ލައްވަވައިފައެވެ.  

އަންހެނުންނާއި އެއްގޮތްވެގެން އުޅޭ ފިރިހެނުންނާއި ފިރިހެނުންނާއި އެއްގޮތްވެގެން އުޅޭ އަންހެނުން ގެއިން ނެރެ ބޭރުކޮށްލަންވެސް ޙަދީޘްފުޅުގައި އެބައޮތެވެ. 

ފިރިހެނުން ފަދައިން ހެދުން ދަށަށްޖަހައިގެން އުޅުންވެސް ގިނަ ޢިލްމްވެރިން މަނާކުރައްވައެވެ. ވީމާ މިހުރީ ސަމާލުކަންދޭންޖެހޭނެ ކަންތަކެވެ. ހިނދުކޮޅަކަށް ނަމަވެސް ﷲ ތަޢާލާ އެމީހަކަށް ލައްނަތް ލައްވަވައިފިނަމަ އެމީހެއްގެ ޙާލާއިމެދު ވިސްނައިލާށެވެ!  

It was narrated from Ibn `Abbas (may Allah be pleased with him) that the Prophet (peace and blessings of Allah be upon him) cursed men who imitate women and women who imitate men, and he said: “Throw them out of your houses.” (Narrated by Al-Bukhari, 5885)  

ގުޅުންހުރި ލިޔުން:

https://islamqa.info/en/answers/81994/ruling-on-men-imitating-women   

1 އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާ ވަޤުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އެކަކަށެވެ. ޖަވާބު ދެއްވާނީ މިއަދުނޫހުގެ ފޭސްބުކް ޕޭޖްގައި ސުވާލުގެ ތިރިން ކޮމެންޓް ގޮޅީގައެވެ. ކޮމެންޓް ކޮށްލެއްވުން ޖަވާބު ދެއްވުނީއެވެ. 

2 އިނާމު ލިބިލައްވަން ހޮވޭ ކިޔުންތެރިންނަށް މެސެންޖަރ އިން މެސެޖެއް ފޮނުވޭނެއެވެ.

3 އިނާމު ހޯއްދަވަން 7788020 އަށް ވަޓްސްއެޕުން މެސެޖްކޮށްލެއްވުމުން ގުޅާނެއެވެ. ގުޅުމުން 2 ދުވަސްތެރޭ ޙަވާލުވެ ނުލައްވައިފިނަމަ މުސައްލައިގެ ބަދަލުގައި ލިބިލައްވާނީ 4 ފުޅި ހުވަނދެވެ. އެއީ ބައެއް ކިޔުންތެރިންނާއި ނުވެސް ގުޅުމާއި މުސައްލަ ބޭނުންވާ މީހުން ގިނަކަމުން ވީހާ ގިނަ ބައަކަށް ރޯދައިގެ ކުރިން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ. 

 

 

 

މިއަދު އޮންލައިން