ކިޔަވައިދޭ ކޮންޓެންޓްގެ ފެންވަރު ރަނގަޅުކުރުމަށް މިއަހަރު ޚާއްޞަ އިސްކަމެއް ދޭނެ - މިނިސްޓަރ

މިއަދު
ކިޔުމަށް ހޭދަވާނީ 50ސ
ކިޔަވައިދޭ ކޮންޓެންޓްގެ ފެންވަރު ރަނގަޅުކުރުމަށް މިއަހަރު ޚާއްޞަ އިސްކަމެއް ދޭނެ - މިނިސްޓަރ

މި ފެށުނު ދިރާސީ އަހަރުގެ ތެރޭގައި އެންމެ ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްދާނެ މަސައްކަތަކީ ދަރިވަރުންނަށް އުނގަންނައިދެވޭ ކޮންޓެންޓްގެ ފެންވަރު ރަގަޅު ކުރުން ކަމަށް މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެޖެއެވެ.

2025 ވަނަ ދިރާސީ އަހަރު ފެށުމުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި މިނިސްޓަރ ވިދާޅުވީ ކިޔަވައިދޭ ކޮންޓެންޓްގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށްޓަކައި ވަކި ވަކި މާއްދާތަކުގެ މުޤައްރަރުތައް އަލުން މުރާޖަޢާކޮށް، ކޮންމެހެން ގެންނަންޖެހޭނެ ބަދަލުތަށް ގެނެއުމުގެ މަސައްކަތްތައް ކުރިއަށްދާނެކަމަށެވެ.

މީގެ އިތުރުން ދާއިރާގެ ޢިލްމާއި ތަޖުރިބާ ލިބިފައިވާ މުދައްރިސުންނާއި ފަންނީ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު، ކީ-ސްޓޭޖް 4 ގެ މާއްދާތަކުގެ ޓެކްސްޓް ފޮތްތަކާއި މަސައްކަތު ފޮތްތަކާއި، ޑިޖިޓަލް ކޮންޓެންޓު އެކުލަވާލުމުގެ ޢަމަލީ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ފެށިގެން ކުރިއަށް ދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން