އަނބިދަރިންނަށް ޚަރަދުކުރާނެ ފައިސާ ހޯދަން މަސައްކަތްނުކޮށް އަޅުކަންކުރަން މިސްކިތުގަ އިނުމެއް ނެތް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
އަނބިދަރިންނަށް ޚަރަދުކުރާނެ ފައިސާ ހޯދަން މަސައްކަތްނުކޮށް އަޅުކަންކުރަން މިސްކިތުގަ އިނުމެއް ނެތް!: މުފްތީ މެންކް

ފަރުޟު ނަމާދުތައް ކޮށް އަދި ސުންނަތް ނަމާދުތައް ކުރެވޭނަމަ އަދި އެހެންވެސް ހެޔޮ ޢަމަލުތައް ކުރެވޭނަމަ އެވަރުން ފުދުނީ ކަމަށް ހީކޮށް ފަޚުރުވެރިވާ ބައަކު އުޅެއެވެ. އެމީހުން ނިންމައިގެން ތިބެނީ އެމީހުންނަށް އެވަނީ ސުވަރުގެ ވަދެވިފައި ކަމަށެވެ.

މިއީ ވަރަށް ގޯސް ވިސްނުމެވެކެވެ. އަޅުކަމުގެ ރޭހުގައި އޮތީ ވާދަކުރުމެވެ. މީހުންނާއިވެސް ވާދަކުރަންވީއެވެ. ނަމަވެސް އެކަން އަންގައި އިޢުލާނުކޮށްގެނެއް ނޫނެވެ. އެކަން އޮންނަންވާނީ ތިމާއާއި ﷲ ތަޢާލާ އާއި ދެމެދުގައެވެ. 

އަޅުކަމުގެ ރޭހުގައި އެންމެ މުހިންމީ ކުރާ އަޅުކަން އިތުރުކުރަން ވާދަކުރުމެވެ. މާނައަކީ އިއްޔެ ކުރިވަރަށްގިނައިން މިއަދު ކުރަން މަސައްކަތް ކުރުމެވެ. މިއަދު ކުރެވުނު ވަރަށްވުރެ ގިނައިން މާދަމާ ކުރަން މަސައްކަތްކުރުމެވެ. ޙަޤީޤީ ތަޤްވާވެރިންގެ މަގަކީ އެއީއެވެ. 

އަދި އެއްކަންތައް ފާހަގަކޮށްލާނަމެވެ. ބައެއް މީހުން ގިނައިން އަޅުކަންކުރަން ބޭނުންވާތީ ޢާއިލާއަށް ކޮސްދޭންޖެހޭ ކަންކަން ކޮށްނުދީ އަޅުކަންކުރަން އެބަތިބެއެވެ. އެއީ އިސްލާމް ދީނުގައި އޮތްގޮތެއް ނޫނެވެ. 

މިޘާލަކަށް ބުނާނަމަ އަނބިމިހާގެ އަނގައަށް ލައްވައިދެވޭ ބަތް ސުވަލަކީ ޞަދަޤާތެކެވެ. ނަމަވެސް އެބަތް ސުވާ ހޯދައި އަނގައަށް ލައްވައިދެވޭނީ މަސައްކަތްކޮށްގެންނެވެ. ދިރިއުޅެން ކުރަންޖެހޭ މަސައްކަތްކުރުމަކީވެސް އަޅުކަމެއް ކަމުގައި ވަނީ ލައްވަވައިފައެވެ. ވީމާ އެއީވެސް ހަމަ ކުރެވޭ އަޅުކަމެކެވެ. ވީމާ ދިރިއުޅެން މަސައްކަތްނުކޮށް އަޅުކަންކުރަން އިނުމެއް ނެތެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން 

މިއަދު އޮންލައިން