ރަސޫލާ (ޞޢވ) ގެ ކުރިފުޅުމަތީގައި ދުނިޔޭގައިވާ ހުރިހާ އެއްޗަކަށްވުރެ މިކަލިމަތައް ކިޔުމުގެ މަތިވެރިކަން މާބޮޑު: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ރަސޫލާ (ޞޢވ) ގެ ކުރިފުޅުމަތީގައި ދުނިޔޭގައިވާ ހުރިހާ އެއްޗަކަށްވުރެ މިކަލިމަތައް ކިޔުމުގެ މަތިވެރިކަން މާބޮޑު: ޑރ. އިޔާޟް

އަޅުގަނޑުމެންނަކީ ވީހައި ގިނައިން ޛިކްރް ކުރާ ބައަކަށް ވާން ޖެހެއެވެ. އެހެންކަމަށްވާއިރު ކިޔައިލަން ދުލަށް ފަސޭހަ، ހަނދާނުގައި ބަހައްޓަން ފަސޭހަ މީޒާނުގައި އެންމެ ބުރަ ޛިކްރްތައް ދަސްކޮށް ކިޔުންމަތީގައި ދެމިތިބުމުގެ މުހިންމުކަން ވަރަށް ބޮޑެވެ.   

އަބޫހުރައިރަތުގެފާނުގެ އަރިއަހުން ރިވާވެގެންވެއެވެ.

وعنه رضي الله عنه قال‏:‏ قال رسول الله صلى الله عليه وسلم‏:‏ لأن أقول‏:‏ سبحان الله، والحمد لله، ولا إله إلا الله، والله أكبر، أحب إلي مما طلعت عليه الشمس” ‏(‏‏(‏رواه مسلم‏)‏‏)‏‏.‏

މާނައީ: "އެއްޗެއްގެ މައްޗަށް އިރުއެރި ކޮންމެ އެއްޗަކަށްވުރެ سبحان الله، والحمد لله، ولا إله إلا الله، والله أكبر މިފަދައިން ކިޔުން ތިމަން ރަސޫލާ (ޞޢވ) އަށް މާ ލޮބުވެތިކަން ބޮޑެވެ." މާނައަކީ ދުނިޔޭގައިވާ ހުރިހާ އެއްޗަކަށްވުރެ އިތުރު މާތް ނަބިއްޔާ (ޞޢވ) މިކަލިމަތައް ވިދާޅުވުމަށް ލޯބިކުރެއްވުން މާއިތުރުވެގެންވެއެވެ.  

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން