މާލޭ ސިޓީ ކައުންސިލުން އާދައާ ޚިލާފް ގޮތަކަށް މަގުބަންދުކޮށް އޮފީސްހުސްކުރާތީ ގިނަ ބައަކު ކަންބޮޑުވެފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
މާލޭ ސިޓީ ކައުންސިލުން އާދައާ ޚިލާފް ގޮތަކަށް މަގުބަންދުކޮށް އޮފީސްހުސްކުރާތީ ގިނަ ބައަކު ކަންބޮޑުވެފަ!

މ. ޖަންބުގަސްދޮށުގޭގައި ހިންގަމުން އައި މާލޭ ސިޓީ ކައުންސިލުގެ އޮފީސް ބަންދުކޮށް އޮފީސް ހުސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާތީ އެސަރަޙައްދުގައި ތިބި ގިނަ ބައަކު މުޒާހަރާނުކޮށް ކަންބޮޑުވުން ފައުޅުކުރަމުން އެބަ ގެންދެއެވެ. 

އެމަސައްކަތް ކުރަނީ ލިފްޓްލިބޭވަރަކުން މަތިން ބޭލޭވަރަކުން ސީދާ ލޮރީއަށް އަރުވަން ލޮރީ ބާއްވަން މަގު ބަންދުކޮށްގެންނެވެ. 

ގިނަ ބައަކު ބުނަނީ ގޭގެ ތިރީގައި ލޮރީއެއްގެ މުދާ ޖެހޭނެ ޖާގަ އޮއްވައި އެތަނުގައި ތަކެތި ޖެހުމަށްފަހު ބަރުކުރަން ލޮރީ ވެއްދުމުގެ ބަދަލުގައި ގޭގެ އެތައް ބައަކު ބޭނުންކުރާ ލިފްޓަކުން ޖާގަލިބޭވަރަކުން ބޭލޭވަރަކުން ބަރުކުރެވެންދެން ލޮރީ ބާއްވަން މަގު ބަންދުކުރުމުގެ ހުއްދަ ސިޓީ ކައުންސިލުން އެއްވެސް ގެއަކަށް ދީފައިވާކަން ނުއެނގޭ ކަމަށެވެ. 

ޖަންބުމަގުފަދަ ކާރޫބާރޫ ބޮޑުވާ މަގެއް ބަންދުކޮށްގެން އެގޮތަށް ކަންތައްކުރާތީ ގިނަބައަކު ތިބީ ކަންބޮޑުވެފައެވެ. އަދި މިފެންނަނީ އައު ޒާތެއްގެ ކަމެއް ކަމަށް ގިނަބައަކު ދަނީ ބުނަމުންނެވެ. 

ސަރަޙައްދުގައި ޙަރަކާތްތެރިވި ޓްރެފިކް ފުލުހަކު ބުނީ މަގުބަންދުކުރާކަން ފުލުހުންނަށް އެނގިފައިނުވާކަމަށެވެ.

 

މިއަދު އޮންލައިން