ފިރިހެނުންވެސް އަންހެނުންވެސް އާނަތުގެ އިސްތަށި އެކުގަ ބާލައި ސާފުކުރުމަކީ ކުރަންޖެހޭ ކަމެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 7ސ
ފިރިހެނުންވެސް އަންހެނުންވެސް އާނަތުގެ އިސްތަށި އެކުގަ ބާލައި ސާފުކުރުމަކީ ކުރަންޖެހޭ ކަމެއް!

ކުރިމަތިފަރާތުގަ ފަޅާ އިސްތަށްޓަކީ މީހުންނަށް ފެންނާނެ އެއްޗެއް ނޫނެއް ނޫންތޯ؟ އެހެންވީއިރު ބާލަން ޖެހެނީ ކީއްވެގެންތޯ؟ 

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ދީނުގައި އޮތް ގޮތަށް ޢަމަލުކުރަންވީ މީހުންނަށް ފެނިދާނެތީ ނުވަތަ ނުފެނިދާނެތީއެއް ނޫނެވެ. ދީނުގައި ދީނުގައި ކަމެއް ވަކިގޮތަކަށް ކުރަން އަންގަވާފައި އޮތްނަމަ އޮތީ ކުރުމެވެ. 

ތިރީގައިވާ ލިޔުން ވިދާޅޔވެލައްވާށެވެ! 

ފިރިހެނުންނާއި އަންހެނުންނާއި ދެބައިމީހުންވެސް ކުރިމަތިފަރާތު އިސްތަށި (ޢާނަތުގެ އިސްތަށި) އެކުގައި ބާލައި ސާފު ކުރަން ޖެހޭނެއެވެ. އެކަން ނުކޮށް ބެހެއްޓުން ހުއްދަވާ އެއްމެ ގިނަ މުއްދަތަކީ 40 ރެއެވެ. އެ މުއްދަތުގެ ތެރޭގައި ކުރިމަތިފަރާތް ބާލަން ޖެހޭނެއެވެ. އެއީ ފިޠުރަތުގެ ކަމެކެވެ. أَنَسٌ رضي الله عنه  ގެ އަރިހުން އިމާމް މުސްލިމް ރިވާ ކުރައްވާފައި ވެއެވެ. 

((وُقِّتَ لَنَا فِي قَصِّ الشَّارِبِ وَتَقْلِيمِ الْأَظْفَارِ وَنَتْفِ الْإِبِطِ وَحَلْقِ الْعَانَةِ أَنْ لَا نَتْرُكَ أَكْثَرَ مِنْ أَرْبَعِينَ لَيْلَةً)). 

މާނައަކީ: "މަތިމަސް ކުރު ކުރުމާއި ނިޔަފަތި ކެނޑުމާއި ކިހިލިފަތްދޮށުގެ އިސްތަށި އުފުރުމާއި ޢާނަތުގެ (ކުރިމަތީ ފަރާތުގެ) އިސްތަށި ބޭލުމަށް ތިމަން ބޭކަލުންނަށް ވަގުތު ކަނޑައައިދެއްވިފައި ވަނީ ސާޅީސް ރެއަށްވުރެ އިތުރު ނުކުރުމަށެވެ." އެމުއްދަތުގެ ތެރޭގައި މީހަކު ވަކި ގޮތަކަށް ބާލައި ނުވަތަ ކޮށައި ނުވަތަ ކުލަ ޖެއްސުމަކީ މަނާ ކަމެއް ކަން އެނގިފައެއް ނުވެއެވެ. ނަމަވެސް ސާޅީސް ވުމުން ހަދީސްގައި ނަންގަނެވިފައިވާ ކަންތައްތައް ކުރަން ޖެހޭނެއެވެ. އޭގެ ތެރޭގައި ޢާނަތުގެ އިސްތަށި ބޭލުން ވެއެވެ. 

އިސްތަށި ރޭޒަރުން ބޭލުމުގެ ބަދަލުގައި ބޭހެއް ބޭނުންކޮށްގެން ބޭލުމަކުން މައްސަލަ އެއް ނެތެވެ. ނަމަވެސް، އެފަދަ ބޭހަކީ އެބޭހެއް ބޭނުން ކުރުމުން ޞިއްޙަތަށް ގެއްލުމެއްވާ ފަދަ ބޭހަކަށް ވެގެން ނުވާނެއެވެ.  والله أعلم 

އިތުރު ބައެއް ސުވާލާ ޖަވާބު: 

މަހުރަމަކު ނެތް ހާލަތެއްގައި ދެބެއިންގެ ދެ ދަރި (ކަޒިން) މަހުރަމެއް ކަމުގައި ބެލެވިދާނެތަ؟ 

ދެބެއިންގެ ދެދަރި މީހުންނަކީ މަޙްރަމަކަށް ނުވާނެއެވެ. والله أعلم 

ވޯޓް ލުމުން އިނގިލީގައި އުނގުޅާ ދެލިހުއްޓާ ނަމާދު ސައްހަ ވާނެތޯއެވެ؟ 

ވޯޓް ލުމުން އިނގިލީގައި އުނގުޅާ ދެލި ހުއްޓާވެސް ނަމާދު ޞައްޙަ ވާނެއެވެ. والله أعلم

ދެމަފިރިން އެއްދާން ކުރާ ވަގުތު ރޭޑިއޯ ނުވަތަ ފޯނުން ޤްރުއާންޖެހުން ހުއްދަ ވާނެތޯ؟ 

ކީރިތި ގުރްއާން ޖަހާފައި ހުންނަ ނަމަ އެއަޑު އަހަން ވާނެއެވެ. އެއްދާން ކުރާ ވަގުތު ގުރްއާން ޖެހުން އެއީ އޭގެ ޛާތުގައި ގޯސް ކަމެއް ނޫނެވެ. ނަމަވެސް، މައްސަލަ އަކީ އެޔަށް ކަނުލާ އަޑު ނުއެހުމެވެ. والله أعلم

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން