އަހުރެންގެ ބައްޕަގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވާށިއެވެ. އަހުރެންގެ ބައްޕައަކީ އިންޑިއާގެ އެންމެ ފުރަތަމަ މުސްލިން ސައިކެޓްރިއޭޓް ޑޮކްޓަރުންގެ ތެރޭގައި ހިމެނޭ ޑޮކްޓަރެކެވެ. އިންޑިއާގެ ސައިކެޓްރިއޭޓް އެސޯޝިއޭޝަންގެ އިސް ދައުރެއްވެސް އަދާކުރިއެވެ.
ބައްޕަ ވަރަށް ގިނައިން ބުނާ ބަހެއް އޮވެއެވެ. އެއީ ޤުރްޢާން ކިޔަވައި މާނަކިޔާ މީހަކަށް ޑިޕްރެޝަންގެ އުނދަގޫތައް ކުރިމަތިނުވާނެ ކަމެވެ. ބައްޕަ އެބުނާ ބަހަކީ މީހަކު ދެރަނުވާނެ ވާހަކައެއް ނޫނެވެ. އެދެރަވުން ބޮޑުކަމަކަށްވެ ބައްޔަތަކަށް ނުވާނެ ވާހަކައެވެ.
އެހެން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ ޤުރްއާނަކީ ޝިފާއެކެވެ. ދެވަނަ ކަމަކީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރާނަމަ އެމީހަކަށް ހިތްހަމަޖެހުން ދެއްވަވާނެ ކަމެވެ. މިއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ޤުރްއާނުން ޔަޤީންވާ ކަންކަމެވެ.
ވަކިކަމެއްގައެއް ނޫނެވެ. އެއްވެސް ކަމަކާއި ގުޅިގެން ހިތްހަަމނުޖެހޭނަމަ ޤުރްއާން ކިޔެވުން ގިނަކުރާށެވެ! އެކަމުގެ ފައިދާ ވަރަށް ގިނަ ގޮތްގޮތުން ފެންނާނެއެވެ. އެއިގެ ތެެރއިން އެއްކަމަކީ ހިތަށް ހަމަޖެހުން ލިބުމެވެ.
ޑިޕްރެޝަން ބައްޔަކަށް ވެއްޖެނަމަ ފަރުވާކުރަންޖެހޭނެއެވެ. ބޭސްކައި އިންޖެކްޝަން ޖަހަންވެސް ޖިހާދާނެއެވެ. ސިކުނޑިއަށް ޝޮކްދޭންވެސް ޖެހިދާނެއެވެ. މަސައްކަތްކުރަންވީ އެފަދަ ޙާލަތަކަށް ނުދިއުމަށެވެ.
- ޑރ. ޒާކިރް ނައިކުގެ ދަރުސަކުން