ބޯހިޔާވަހިކަން ހޯދަން މަސައްކަތް ކުރަމުން ޙަދީޘްފުޅުން ފެންނަން އޮތް މިދުޢާވެސް ކުރަމުން ގެންދާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ބޯހިޔާވަހިކަން ހޯދަން މަސައްކަތް ކުރަމުން ޙަދީޘްފުޅުން ފެންނަން އޮތް މިދުޢާވެސް ކުރަމުން ގެންދާށެވެ!

މިއަދު އެންމެ ގިނަބައެއްގެ އެންމެ ބޯޑު ޝަކުވާއަކީ ފްލެޓަށް ޝަރުޠުހަމަނުވުމާ އަދި ޝަރުޠު ހަމަވިޔަސް ނުލިބޭ މައްސަލަކަމަށްވުމުން މިގެނެސްދެނީ ބޯހިޔާވަހިކަން ހޯދަން މަސައްކަތްކުރަމުން ކުރަމުން ގެންދަން އޮތް ދުޢާއެކެވެ. 

އަހަރެމެންގެތެރެއިން ގިނަ މީހުންގެ އެންމެބޮޑު އެއްކަންބޮޑުވުމަކީ ދިރިއުޅެންޖެހިފައިވާ ދަތިޙާލެވެ! ފައިސާގެ ދަތިކަމާއި ދިރިއުޅުމަށް އެކަށީގެންވާ ގެއެއް ނުލިބުމުގެ ދަތިކަމެވެ. ގޭގައި އެކަށީގެންވާ ޖާގަ ނެތުމުގެ މައްސަލައެވެ. 

މިފަދަ ހުރިހާކަމެއް ޙައްލުކޮށްދެއްވެވުން އެދި ކުރަންވީ ދުއާ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ޙަދިޘްފުޅުކުރައްވަވައިފައެވެ. 

اللّهُمَّ اغْفِرْ لِي ذَنْبِي

وَوَسِّعْ لِي فِي دَارِي

وَبَارِكْ لِي فِي رِزْقِي 

މިދުޢާގައި އެކުލެވިގެންވާ މާނައީ މިއަޅާގެ ކުށްފާފަ މިއަޅާއަށް ފުއްސަވައި ދެއްވަވާނދޭވެ! މިއަޅާގެ ގޯތި މިއަޅާއަށްޓަކައި ތަނަވަސްކުރައްވަވައިފާނދޭވެ! އަދި މިއަޅާގެ ރިޒްޤްގައި ބަރަކާތް ލައްވަވައިފާނދޭވެ!  

"މިއަޅާގެ ގޯތި މިއަޅާއަށްޓަކައި ތަނަވަސްކުރައްވަވައިފާނދޭވެ!" މިބަސްފުޅުގެ މާނައަކީ ތަނަވަސްކަމާއިއެކު ދިރިއުޅެވޭނެ ގެއަކާއި އެގޭގައި ޢާއިލާއަކު އުފާވެރިކަމާއިއެކު ދިރިއުޅެވޭނެ އެހެނިހެން ވެސް ތަނަވަސްކަން ދެއްވެވުމެވެ. ވީމާ މިދުޢާއަކީ ކޮންމެ މީހަކުވެސް ގިނަގިނަގިނައިން ކުރަން އޮތް ދުޢާއެކެވެ. 

ރިޒުޤަށްވެސް އެދެންވީ ދުޢާގައި ޙަދީޘްފުޅުކުރައްވަވާފަދައިންނެވެ. " މިއަޅާގެ ރިޒްޤްގައި ބަރަކާތް ލައްވަވައިފާނދޭވެ!" މިފަދައިންނެވެ. މުހިންމީ ގިނައިން ނުވަތަ ގިނަ ރިޒްޤް ލިބުމެއް ނޫނެވެ. ދެއްވަވާ ރިޒްޤްގައި ބަރަކާތް ލެއްވެވުމެވެ. އެއިރުން ލިބޭ ކިތަންމެ މަދު ރިޒުޤުންވެސް ފުދި އިތުރުވާނެއެވެ. އިން ޝާ ﷲ 

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން