ތިމާއަށް ރަނގަޅު ގޮތް މެދުވެރިވީ މިވެނި މީހަކު ސަބަބުން ކަމަށް ޤަބޫލުކުރަން ހެޔޮނުވާނެ! އެކަންވާނީ ﷲ ތަޢާލާއަށް އިންކާރުކުރުން ފަދަ ބޮޑު ފާފައަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ތިމާއަށް ރަނގަޅު ގޮތް މެދުވެރިވީ މިވެނި މީހަކު ސަބަބުން ކަމަށް ޤަބޫލުކުރަން ހެޔޮނުވާނެ! އެކަންވާނީ ﷲ ތަޢާލާއަށް އިންކާރުކުރުން ފަދަ ބޮޑު ފާފައަކަށް!

ރަނގަޅުގޮތް ހޯދައިދިނުމާއި ތަނަވަސްކަން ހޯދައިދިނުމާއި ރައްކައުތެރިކަން ހޯދައިދިނުމަކީ އެއްވެސް މީހަކަށް ކުރެވޭނެކަންކަމެއް ނޫނެވެ. އެކަންކަން މިންވަރުކުރައްވަވައި ދެއްވެވޭނީ ހަމައެކަނި ﷲ ތަޢާލާއަށެވެ! 

ތިމާއަށް ރަނގަޅު ކަމެއް ލިބިގަތުމުގެ ބޭނުމުގައި ސިހުރުވެރިންގެ ގާތަށް ނުދާށެވެ! ތިމާއަށް ތަނަވަސްކަން އިތުރުވޭތޯ، ވަޒީފާ މައްޗަށްދޭތޯ ފަދަ ކަންކަމުގައި ސިޙުރުވެރިންގެ ގާތަށް ނުދާށެވެ. ދީނުންބޭރުވެނުގަންނާށެވެ! 

މިހެން ބުނަންމިޖެހެނީ އެފަދަ ބޭނުމަކޫ އެއްވެސް މީހެއްގެ ގާތަށް ދިއުމަކީ ﷲ ތަޢާލާއަށް އިންކާރުކުރުން ފަދަ ބޮޑު ފާފައަކަށްވާތީއެވެ. ކުރިން ބުނިހެން ރަނގަޅު ގޮތް މެދުވެރިކުރެއްވެވުން ވަނީ ﷲ ތަޢާލާގެ ޙަމްރަތުންނެވެ. އަހުރެމެންނަށް އޮތީ އެކަމަށް އެދިގެން ދުޢާކުރުމެވެ. 

މިފަދަ އެއްވެސް ކަމެއް ކުރެވިފައިވާނަމަ އަވަހަށް ތައުބާވާށެވެ! ކުރެވުނު ފާފަ ފުއްސަވައިދެއްވެވުން އެދި ދުޢާކުރާށެވެ! ނަރަކައިގެ އަލިފާނަށް ބިރުވެތިވެ އަލުން އެފަދަ އެއްވެސްކަމެއް ނުކުރާށެވެ! 

ތަކުރާރުކޮށްލާނަމެވެ! ރަނގަޅުގޮތާއި ރައްކައުތެރިކަމާއި ތަނަވަސްކަމާއި މިނޫންވެސް ކަންކަން ހިންމަވައިދެއްވެވޭނީ ﷲ ތަޢާލާއަށެވެ! ބޭނުންވާ ކަންކަމަށް އެދި ﷲ ތަޢާލާއަށް ދުޢާކުރުންމަތީގައި ސާބިތުވާށެވެ! އެކަމަކީ އެމީހާއަށް ފައިޑާކުރާނެ ކަމެއްނަމަ އެކަން އެމީހަކަށް ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން