މާލީ ދަތިކަމެއް ކުރިމަތިވެދާނެކަމުގެ ބިރު އޮތަސް ޞަޤާތްކުރާށެވެ! އެޞަދަޤާތުގެ ސަބަބުން ޙާލަތުބަދަލުވެ ތަނަވަސްކަން ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
މާލީ ދަތިކަމެއް ކުރިމަތިވެދާނެކަމުގެ ބިރު އޮތަސް ޞަޤާތްކުރާށެވެ! އެޞަދަޤާތުގެ ސަބަބުން ޙާލަތުބަދަލުވެ ތަނަވަސްކަން ދެއްވަވާނެ! އިން ޝާ ﷲ

މިޘާލަކުން ފަށާނަމެވެ. މޫސުންގޯސްވެ ކަސްޓަމަރުންނަށް ނައުދެވޭތީ ފިހާރައިގެ ވިޔަފާރި މިމަހު ދަށްވީއެވެ. ކޭޝްފްލޯ ދަށްވީމާ ކުރަންހުރި ކަންކަން ނުކުރެވިދާނެ ކަމުގެ ބިރުއެބައޮތެވެ. އެހެންކަމަށްވާނަމަ އެހުރެވެނީ މާލީ މުޞީބާތެއްގެ އިންތިޒާރުގައެވެ.  

އެފަދަ ޙާލަތުގައި ަބއެއް މީހުން އިންތިހާއަށް މުށްބާރުކޮށްލައެވެ. ފައިސާ ސަލާމަތްކުރުމުގެ ގޮތުން ނިކަމެތިންނަށް ޞަދަޤާތްކުރުންވެސް ހުއްޓައިލައެވެ. އެކަމަކު އެއީ އެޙާލަތުގައިވެސް ޢަމަލުކުރަން އޮތް ގޮތެއް ނޫނެވެ.  

ޢަޖުމަ ބަލައިލަން ނަމަވެސް ތިމާއަށް މާލީ މުޞީބާތެއް ކުރިމަތިވާން އުޅޭކަން އިޙްޞާޞް ކުރެވުނަސް ޞަދަޤާތްކުރުން އިތުރުކޮށްބަލާށެވެ! މުޞީބާތުގެ ވަގުތަށް ކަމަށް ބަލައި ފޮރުވަން ނުހަދާށެވެ. ފަޤީރުވެދާނެ ދުވަހަކަށް ބިރު ނުގަންނާށެވެ.  

ޔަޤީންކަމާއިއެކު ބުނަމެވެ. މާލީ ގޮތުން މުޞީބާތެއް ނުވަތަ ދަތިކަމެއް ކުރިމަތިވާން އުޅޭކަމުގެ އިޙްޞާޞް ވެގެން ހުރެ ޞަދަޤާތް ދިނުން އިތުރުކޮށްފި މީހަކަށް އެމީހަކު ހޭދަކުރި އަދަދު އެތައް ގުނައަކަށް އިތުރުވެގެން އަނބުރައި ލިބޭނެއެވެ. އެމީހަކަށް އެތައް ގުނައަކަށް އިތުރަށް ﷲ ތަޢާލާ ދެއްވަވާނެތެވެ.  

މިއީ އަހަރެން ބުނާ ބަހެއް ނޫނެވެ. ކީރިތި ޤްރްއާނުގައި ﷲ ތަޢާލާ ދެއްވަވާފައިވާ ޔަޤީންކަމެކެވެ. އަހަރެން މިކުރާ ހަމައެކަނި ކަމަކީ އެ މައުލޫމާތު ފޯރުކޮށް ދިނުމެވެ.  

ނިކަމެތިވެފައިވާ ޔަތީމް، މިސްކީން ކުދިންނަށް އެހީތެރިވެދޭ މީހާ ސުވަރުގޭގައި ވާނީ ތިމަންކަލޭގެފާނާއި މިފަދައިން ކަމަށް ހަދީޘްފުޅު ކުރައްވަވައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްކެވީ އަތްޕުޅުގެ ދެ އިނގިލިފުޅެވެ. މާނައަކީ ސުވަރުގޭގައި އެހައި ގާތުގައި ވާނެ ކަމެވެ. އެވަރުންވެސް ޔަޤީންކަން ނުލިބެނީ ހެއްޔެވެ؟ ﷲ ތަޢާލާއަށްޓަކައި ޔަތީމް ކުދިންނަށާއި ހުވަފަތް އަންހެނުންނަށް އެހީތެރިވުމަކީ ރޭގަނޑު ހަތަރުދަމު ރޭއަޅުކަން ކުރުމާއި ކޮންމެ ދުވަހަކު ރޯދައަށް ހުރުމަށްވުރެވެސް ފައިދާކުރާނެ ކަމެކެވެ. އިން ޝާ ﷲ  

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން