ހިތަށް ދިރުންދީ ނަގަހައްޓަން ކުރަންޖެހޭ ކަންތައް އެބަ އެނގޭތަ؟ އެކަން އެބަ ކުރެވޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ހިތަށް ދިރުންދީ ނަގަހައްޓަން ކުރަންޖެހޭ ކަންތައް އެބަ އެނގޭތަ؟ އެކަން އެބަ ކުރެވޭތަ؟

އިންސާނާއަށް ދިރިހުރެވޭނީ ނޭވާލެވިގެންނެވެ. ނޭވާލެވޭނީ އޮކްސިޖަން ލިބިގެންނެވެ. ހަށިގަނޑުގައިވާ ގުނަވަންތަކުގެ ތެރެއިން 24 ގަޑއިރު އެންމެ ބާރަށް ޕަމްޕްކުރަނީ ހިތެވެ. ހިތަށް އެމަސްއޫލިއްޔަތު އަދާކުރެވޭނީ ހިތަށް ލިބެންޖެހޭ އޮކްސިޖަން ފުރިހަމަ ގޮތުގައި ފޯރުކޮށްދީގެންނެވެ. ނޫންނަމަ ހިތް ފޭލްވާނެއެވެ.

ގިނަ ބައަކު ކަންކަމާއިމެދު ހާސްވެ ކަންބޮޑުވެގެން މިއުޅެނީ ހަމައެކަނި ނޭވާލާނެ އޮކްސިޖަން ފޯރުކޮށްދީފައި ހިތަށް ބޭނުންވާ އޮކްސިޖަން ފޯރުކޮށްނުދެވޭތީއެވެ. އެކަމަށް ސަމާލުކަން ނުދެވޭތީއެވެ.

ހިތަށް ބޭނުންވާ އޮކްސިޖަން ލިބޭނީ ނަމާދުކުރުމުންނެވެ. އެހެނީ ހިތްހަމަޖެހުން ލިބެން އޮތީ ތަޤްވާވެރިކަމުންނެވެ. އެކަން ޙާޞިލުކުރެވޭނީ ނަމާދުކޮށްގެންނެވެ. އެކަން މެދުވެރިވާ ގޮތްވެސް ކިޔައިދޭނަމެވެ.

އިންސާނާއަށް ނޭވާ ލެވޭނީ އޮކްސިޖަން ލިބިގެންނެވެ. އޮކްސިޖަން ނުލިބިއްޖެ ނަމަ ނޭވާހާސްވެ މަރުވެސްވެދާނެއެވެ. ހަމައެފަދައިން ހިތަށް ވެސް އޮކްސިޖަން ބޭނުންވެއެވެ. ހިތަށް ބޭނުންވާ އޮކްސިޖަނަކީ ތަފާތު އޮކްސިޖަނެކެވެ. ހުރިހާވެސް މައްސަލައަކީ ހިތަށް ބޭނުންވާ އޮކްސިޖަން ފޯރުކޮށް ނުދެވޭކަމެވެ.

ތިމާއަށް ކަމެއް ކުރިމަތިވުމުން ކަންބޮޑުވެ ހާސްވެގެން ތެޅި ފޮޅެނީއެވެ. ކިތަންމެ ވަރަކަށް ތެޅިފޮޅުނިއްޔާ ކަންބޮޑުވުން ފިލުވައިލެވޭނެ ހެއްޔެވެ؟ ވީމާ އޮތީ ފުންކޮށް ވިސްނައިލުމެވެ.

ޙައްލަކީ ކޮންމެ ކަމެއް މެދުވެރިވިނަމަވެސް އެކަން ކުރިމަތިވީ ﷲ ތަޢާލާގެ ޙަޟްރަތުން ކަމަށް ޤަބޫލުކުރުމާއި އެކަމުން މިންޖުވާނީވެސް ﷲ ތަޢާލާ މިންވަރުކުރެއްވެވުމުންކަމާއި މިންޖުކުރައްވަވައި ދެއްވަވާނެކަން ޔަޤީންކުރުމެވެ.

މިކަންކަން ކުރެވޭނީ އެމީހެއްގެ ކިބައިގައި ތަޤްވާވެރިކަން ހުރި މިންވަރަކުންނެވެ. ކޮންމެ ކަމެއް ކުރިމަތިވި ނަމަވެސް ދެންމެ މިބުނިމަގން ވިސްނާ މީހާ އަބަދުވެސް ހުންނާނީ ހިތްހަމަޖެހިގެންނެވެ. ބޭރުން ކުރިމަތިވާ ކަންކަމަކަށް ނުވިސްނާނެއެވެ. ބަލާނީ ތަޤްވާވެރިކަން އިތުރުކުރެވޭތޯއެވެ.

ތަޖުރިބާ ކޮށްލަންވެސް ނިކަން މިބުނެދިން ވިސްނުމުގައި ކަންކަންކޮށްބަލާށެވެ! ހުރިހާ ކަންބޮޑުވުންތަކެއް ފިލައިގެންދާނެއެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން