އަހުރެމެން ފަރުޟު ނަމާދުތައް އެބަ ކުރަމުއެވެ. ސުންނަތް ނަމާދުތައް އެބަ ކުރަމުއެވެ. އެހެންކަމަށްވާއިރު ނަމާދަށް ފެށުމުގެކުރިން މިފަދަ މޭރުމަކުން ވިސްނައިލުން ކީއްހެއްޔެވެ؟ ފިރިހެނުން މިސްކިތަށްދާން ގެއިން ނުކުންނައިރުވެސް އަދި އަދި އަންހެނުން ގޭގައި ނަމާދުކުރަން މުސައްލަ މައްޗަށް އަރާއިރުވެސް މެއެވެ.
- މިނަމާދުގެ ސަބަބުން އަހުރެންގެ ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވަވާނެތެވެ.
- މިނަމާދުގެ ސަބަބުން އަހުރެންގެ ހިތްދަތިކަން ފިލުއްވަވައި ދެއްވަވާނެތެވެ.
- މިނަމާދުގެ ސަބަބުން އަހުރެންނަށް ރިޒުޤް ތަނަވަސްކޮށް ދެއްވަވާނެތެވެ.
- މިނަމާދުގެ ސަބަބުން އަހުރެން ޖަންނަތުލްފިރުދައުސްގައި ލައްވަވާނެތެވެ.
މިފަދަ މޭރުން ތަކުން އެމީހަކު އެންމެ ބޮޑަށް ބޭނުންވާ ކަމެއް ނުވަތަ ކަންތައްތަކެއް ހިތަށް އަރުވައިގެން ނަމާދުކުރަން ފަށައި ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރުމުގެ ފައިދާ ބުނަންހެއްޔެވެ؟
ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ މިފަދައިންނެވެ.:
Abu Hurayrah (may Allah be pleased with him) reported that the Prophet (may Allah's peace and blessings be upon him) said: "Allah, Glorified and Exalted, said: 'I am as My slave thinks of Me, and I am with him wherever he remembers Me.'
"ތިމަން ﷲ ގެ އަޅާ އެދޭ ގޮތަކަށް ތިމަން ﷲ އޭނާއާއިއެކު ވޮޑިގެންވާ ކަމަށެވެ."
ވީމާ އަހުރެމެން އަހުރެމެންނަށް އެންމެ ފައިދާހުރި ގޮތަށް ނުއެދެންވީ ކީއްވެގެން ހެއްޔެވެ؟ އެދުނީމާ ހިންމަވައި ނުދެއްވަވާނެކަމަށް ޝައްކުކުރަންވީ ކީއްވެގެންހެއްޔެވެ؟ އަދި އެކަމަށް އެންމެ ރަނގަޅު މިބަޔާން ކުރެވުނީ ނޫންހެއްޔެވެ؟
- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން