ގޭތެރެއިން ދިމާވަނީ ކުދިކުދި މައްސަލަތައްނަމަ ތިމާއަކީ ވަރަށް ބޮޑު ނަޞީބުވެރިއެއް! ޝުކުރުވެރިވެ އަނގަ މަޑުކުރާތި!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ގޭތެރެއިން ދިމާވަނީ ކުދިކުދި މައްސަލަތައްނަމަ ތިމާއަކީ ވަރަށް ބޮޑު ނަޞީބުވެރިއެއް! ޝުކުރުވެރިވެ އަނގަ މަޑުކުރާތި!

އަބަދުވެސް ހަނދާންކޮސްދޭ ފަދައިން ކިތަންމެ ގާތް މީހުންނަށްވެސް ކިޔައިދީގެން ނުވާނެ ވާހަކަތައް ބައިވަރެވެ. ސަބަބަކީ އެކަންކަން އެނގުމުން އެމީހުން ހަސަދަވެރިވެ ތިބާއަށް ގެއްލުންދޭން މަސައްކަތްކުރުމުގެ ފުރުޞަތު ބޮޑުވުމެވެ. 

މުސްލިމުންނަށް ވީތީ ކޮންމެ މީހަކަށްވެސް އިތުއިބާރުކުރަންވާނެއެވެ. ނަމަވެސް އިތުބާރުކުރަންވާނީ ވަކި މިންވަރަކަށެވެ. އަނެކާއަށް ތިމާއަށް ގެއްލުމެއް ނުދެވޭނެ މިންވަރަކަށެވެ. ޚާއްޞަކޮށް ދިރިއުޅުމުގައި ކުރިއަށް ދިއުމަށް ހުރަސް ނުއެޅޭނެ މިންވަރަކަށެވެ. 

އެގޮތުން ބުނެގެން ނުވާނެ ވާހަކަތަކުގެ ތެރެއިން ފުރަތަމަ ކަމަކަށް ފާހަގަކުރާނީ ގޭތެރެއިން ދިމާވާ ކުދިކުދި މައްސަލަތަކެވެ. ކޮންމެ ޢާއިލާއެއްގައިވެސް ކުދިކުދި މައްސަލަތަކާއި ބޮޑެތި މައްސަލަތައްވެސް ހުންނާނެއެވެ. ވީމާ ތިމާއަށް ކުރިމަތިވަނީ ކުދިކުދި މައްސަލަތައް ކަމުގައި ވާނަމަ ތިބާއަށް އެހުރެވެނީ ވަރަށް ބޮޑު ނިޢުމަތެއްގައެވެ. 

އެފަދަ ކަންކަމުގެ ވާހަކަތައް އެހެން މީހުންގެ ގާތުގައި ދެއްކުމުން ދިމާވާ ގޮތަކީ އެވާހަކަތައް މާބޮޑު ކަމަކަށް ހަދައިގެން ޢާއިލާގެ މީހުންގެ ގާތުގައި ދެއްކުމެވެ. އެހިސާބުން އެކަން ބޮޑު ޢާއިލީ ފިތުނައަކަށް ބަދަލުވެގެންދެއެވެ. މިއީ ވަރަށް ދެރަކަމެވެ. ހިތާމަވެރި ގޮތްތައް މެދުވެރިވެއެވެ. ޢާއިލާގެ ތެރޭގައި ތިމާގެ އިތުބާރުވެސް ގެއްލިގެންދެއެވެ. 

ގޭތެރެއިން ކުރިމަތިވާ އެއްވެސް ކަމެއްގެ ވާހަކަ ޙިއްޞާކުރަންވާނީ ޙިއްޞާކުރުމުން ހެޔޮ ނަޞޭޙަތެއް ދީފާނެކަން ޔަޤީންކުރެވޭ ވަރަށް ތަޤްވާވެރި، ވަރަށް ބޮޑަށް އިތުބާރުކުރެވޭ މީހުންނާއި އެކަންޏެވެ. އެއީ އެންމެނާއި ޙިއްޞާކޮށްގެންވާނެ ވާހަކަތަކެއް ނޫނެވެ.

 

- ތަޖުރިބާކާރު ޢިލްމުވެރިއެއްގެ ވާހަކަފުޅަކުން  

 

މިއަދު އޮންލައިން