އެހެން މީހެއްގެ ސަބަބުން ހިތްދަތިކަން ލިބި، ޠަބީޢަތް ބަދަލުވެ ކުރަންޖެހޭ ކަންކަން ނުކުރެވޭއިރުވެސް އެމީހާގެ ކިބައިން ސަލާމަތްވުމުގެ ހިތްވަރު ލިބިނުގަނެވޭނަމަ ތިބާއަކީ މިނިވަނެއް ނޫން!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
އެހެން މީހެއްގެ ސަބަބުން ހިތްދަތިކަން ލިބި، ޠަބީޢަތް ބަދަލުވެ ކުރަންޖެހޭ ކަންކަން ނުކުރެވޭއިރުވެސް އެމީހާގެ ކިބައިން ސަލާމަތްވުމުގެ ހިތްވަރު ލިބިނުގަނެވޭނަމަ ތިބާއަކީ މިނިވަނެއް ނޫން!

ޙަޔާތުގައި ކޮންމެ މީހަކަށްވެސް ލިބެންޖެހޭ ޙައްޤުތަކެއްވެއެވެ. އެއިގެ ތެރޭގައި ހިތްހަމަޖެހިގެން އުފަލުގައި ހުރެވުމާއި ތިމާ ކުރަންޖެހޭ ކަންކަން ކުރުން ހިމެނެއެވެ. ކުރަންޖެހޭ ކަންކަން ކަމަށް މިބުނަނީ ދިރިއުޅެން ކުރަންޖެހޭ ކަންކަމުގެ ވާހަކައެވެ. 

ރަނގަޅަށް ދަސްކުރާށެވެ! ކޮންމެ މީހަކަށްވެސް ހިތްދަތި ޙާލަތެއް ކުރިމަތިވެދާނެއެވެ. ނަމަވެސް އެހެން މީހެއްގެ ސަބަބުން ތިމާއަށް ހިތްދަތިކަން ލިބޭއިރު އެކަމުން ސަލާމަތްވުމުގެ ހިތްވަރު ނެތްނަމަ އެމީހަކީ މިނިވަނެއް ނޫނެވެ. އެމީހަކަށް އެހުރެވެނީ އަޅުވެތިކަމެއްގައެވެ. 

ދެވަނަ ކަމަކަށް އަނެކާގެ ސަބަބުން ތިމާގެ ޠަބީޢަތަށް އަންނަ ބަދަލެއްގެ ސަބަބުން ތިމާގެ ދިރިއުޅުމަށްޓަކައި ކުރަންޖެހޭ ކަންކަން ނުކުރެވޭނަމަ އެމީހަކީ މިނިވަނެއް ނޫނެވެ. އެމީހަކަށް އެހުރެވެނީ އަޅުވެތިކަމެއްގައެވެ. 

މިދެޙާލަތުގައިވާ މީހަކު، ތިމާއަކީ މިނިވަނެއްކަމަށް ކިތަންމެ ބާރަށް ބުނި ނަމަވެސް އެމީހަކަށް އެހުރެވެނީ އަޅުވެތިކަމެއްގައެވެ. އެމީހަކަށް އޮތީ މިނިވަންކަން ލިބިގަތުމެވެ. 

ރަނގަޅަށް ދަސްކުރާށެވެ! އެއީ ތިމާ ކިތަންމެ ބޮޑަށް ލޯބިވާ މީހަކުނަމަވެސް އެމީހެއްގެ ކިބައިން ހިތްދަތިކަން ލިބޭނަމަ އެމީހެއްގެ ކިބައިން ސަލާމަތްވާންޖެހޭނެއެވެ. އެމީހެއްގެ ކިބައިން ސަލާމަތްވެވުމަކީ އެމީހާ ކުރާ އެއްވެސް ކަމަކުން ހިތްދަތިކަން ނުލިބޭ މީހަކަށް ވެވުމެވެ. އެކަމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއްވެސް ކުރަން ކެރުމެވެ. 

ޠަބީޢަތް ގޯސްވެ ތިމާ ކުރަންޖެހޭ ކަންކަން ނުކުރެވޭ ޙާލަތަށް ދަނީ މިބުނި މަގުން ޢަމަލުނުކުރެވޭތީއެވެ. ޢަމަލުކުރެވޭނަމަ ޠަބީޢަތް ގޯސްކޮށެއް ނުލެވޭނެއެވެ.

 

- ތަޖުރިބާކާރު ޢިލްމުވެރިއެއްގެ ވާހަކަފުޅުން

މިއަދު އޮންލައިން