މިއަދުގެ މުސްލިމުންނަށް ފުރުޞަތު މާބޮޑު - 50 ޞަހާބީންނަށް ވެވިދާނެ!: ވައްހާޖް ޠަރިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
މިއަދުގެ މުސްލިމުންނަށް ފުރުޞަތު މާބޮޑު - 50 ޞަހާބީންނަށް ވެވިދާނެ!: ވައްހާޖް ޠަރިން

ބައެއް މީހުން ބުނެއެވެ. "އަހަރެމެންނަށް ދުނިޔެއަށް މިއާދެވުނީ މާފަހުންނެވެ. ހުރިހައި ފުރުޞަތުތަކެއް މިވަނީ ގެއްލިފައވެ. ރަސޫލް (ޞޢވ) ގެ ޒަމާނުގައި ދުނިޔެއަށް ފޮނުއްވުނު ނަމައެވެ. އަހަރެންވެސް ޞަޙާބީންގެ ތެރޭގައި ޥީމުހެވެ."

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ވަގުތު ފާއިތެއް ނުވެއެވެ. މިއަދު އޮތަ ފުރުޞަތު މާބޮޑެވެ. ތިބާގެ ގައިގައި ހިތްވަރު ހުރިނަމަ 50 ޞަހާބީންނަށް ވެވިދާނެކަން ޙަދީޘުން އެނގެން އެބައޮތެވެ. ކުރަންޖެހެނީ ހަމަ ޞަހާބީން ކުރެއްވެވި ކަންކަމެވެ. ﷲ ތަޢާލާގެ މަގުގައި ސާބިތުވާންވީއެވެ. ޞަޙާބީން ކުރެއްވެވި ފަދައިން ހެޔޮ އަމަލުތައް ކުރުންމަތީގައި ދެމިތިބެންވީއެވެ. ޙަރާމް ކަންކަމާއި ދުރުހެލިވާންވީއެވެ.

އެފަދައިން ސާބިތުވުމުން 50 ޞަހާބީންނަށް ވެވޭނެ ކަމަށް ހަދީޘްފުޅު ކުރައްވާފައި އެވަނީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ އެއީ މިއަދު އަހަރެމެންގެ ވަށައިގެން އިބިލީސް އެލިފައިވާތީއެވެ. ލެޕްޓޮޕަކީ އިބިލީހެކެވެ. ގެންގުޅޭ ފޯނަކީ އިބިލީހެކެވެ. ލޯ ހުޅުވައިލުމުން ފެނަނަން ހުރީ އިބިލީހުގެ ދައުވަތުތަކެވެ. މިކަންކަން މިގޮތަށް ހުރުމުން ހަރާމް ކަންކަމަށް އަރައިގަތުމުގެ ފުރުޞަތު މިއޮތީ އެޒަމާނަށްވުރެ މާ ބޮޑަށް ފަހިކޮށެވެ. އެޒަމާނަކު އިބިލީސް މިހައި ޢާންމެއް ނޫނެވެ. ވީމާ މިހައި ޢާންމު، ޙަރާމް ކަންކަން މިހައި މިންވަރަށް މަގުފަހިވެފައިވާ ޒަމާނެއްގައި ﷲ ތަޢާލާގެ މަގުގައި ސާބިތުވުމުން އެމީހާގެ ދަރަޖަ އުފުލިގެންދަނީއެވެ.

އެނގޭ ހެއްޔެވެ؟ ޙަރާމް ކަމެއް ކުރުން ހުއްޓާލައިފިނަމަ އެމީހަކަށް ﷲ ތާޢާލާގެ ރަޙްމަތްފުޅު އެމީހަކަށް އޮހެންފަށާނެއެވެ. އެމީހަކަށް ނުވެސް އެނގޭހައި ގޮތްގޮތަށް އެމީހަކަށް ނިޢްމަތްތައް ލިބެންފަށާނެއެވެ.

މިއީ ހަމަ އެކަނި ފިރިހެނުންނަށް ހުރި ނިޢްމަތްތަކެއް ނޫނެވެ. އަންހެނުންނަށް ވެސް ލިބިގަނެވެން ހުރި ނިޢްމަތްތަކެވެ.  

- ވައްހާޖް ޠަރިންގެ ދަރުސަކުން

މިއަދު އޮންލައިން