އިންޓަރ-ޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްފަހު މަޖިލީހުގެ ރައީސް ރާއްޖެ ވަޑައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
އިންޓަރ-ޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްފަހު މަޖިލީހުގެ ރައީސް ރާއްޖެ ވަޑައިގެންފި

އިންޓަރ-ޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުاللهއާއި އެމަނިކުފާނުގެ ވަފުދުގެ ބޭފުޅުން ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ބޭއްވި މުހިންމު ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

އިންޓަރ-ޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސް ކުރިއަށްގޮސްފައިވަނީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައެވެ. މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ގައުމުތަކުގެ ޤާނޫނު ހަދާ މަޖިލީސްތަކުގެ ރައީސުން ބައިވެރިވެ، ޕާލިމެންޓަރީ ކަންކަމާއި ގުޅޭ މުހިންމު މަޝްވަރާތައް ކުރިއަށްގެންދެވުނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުالله ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މި ކޮންފަރެންސްގެ ހަވާސާގެ ތެރެއިން ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ، ސެނެޓް އޮފް ޕާކިސްތާނުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ވެސް ކުރައްވާފައިވެއެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ ޕާލިމެންޓަރީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް މަޖިލީހުން ވަނީ ހާމަކުރައްވާފައެވެ.

މިއަދު އޮންލައިން