އިންނަމާދޫގައި އަލަށް ޤާއިމުކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 54ސ
އިންނަމާދޫގައި އަލަށް ޤާއިމުކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައިފި

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމުގެ ތާރީޚީ މަސައްކަތް ނިންމާލުމުގެ ގޮތުން، މާޅޮސްމަޑޫލު އުތުރުބުރި އިންނަމާދޫގައި އަލަށް ޤާއިމުކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައިފިއެވެ.

މި މަރުކަޒު ރަސްމީކޮށް ހުޅުވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.

މި މުހިންމު މަސައްކަތުގެ ނިމުން ފާހަގަކުރުމަށާއި ރ. އިންނަމާދޫގައި ފުލުހުންގެ މަރުކަޒެއް ހުޅުވުމަށް އެރަށުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތަކީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމުގެ ސަރުކާރުގެ އަމާޒު ހާސިލުކުރެވުނުކަން ފާހަގަކުރެވުނު ރަސްމިއްޔާތެކެވެ.

އިންނަމާދޫގައި ފުލުހުންގެ މަރުކަޒު ޤާއިމުވުމަކީ އެރަށުގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތްތައް އަވަހަށް ލިބި، ރަށުގެ އަމަންއަމާންކަން އިތުރަށް ކަށަވަރުކުރުމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ދެމުންގެންދާ އިސްކަން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ.

މިއަދު އޮންލައިން