ދާދި ފަހުން ބައްދަލުވި މީހަކު ބުނީ އޭނާ ހުކުރު ނަމާދު ނުކުރާ ކަމަށާއި ނުކުރަނީ ޢާއިލާ ބަލަހައްޓަން ޖެހޭތީ އާއި ޢާއިލާ ބަލަހައްޓަން އިސްލާމް ދީނުގައި އޮތުމުން ކަމަށެވެ.
އެއީ ތެދެކެވެ. ޢާއިލާ ބަލަހައްޓަން މަސައްކަތް ކުރަންޖެހޭނެއެވެ. ނަމަވެސް ހުކުރު އަޅައިފައެއް ނޫނެވެ. ނަމާދު ނުކޮށެއް ނޫނެވެ. ހުކުރު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ނަމާދުކުރުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
އޭނާ އެބުނި ބަހަށް ބަލާއިރު ވެސް ވިސްނައިލަން ޖެހޭ ފުރަތަމަ ކަމަކީ އޭނާއަށް ޢާއިލާއެއް ދެއްވެވީ ﷲ ތަޢާލާ ކަމެވެ. ވީމާ ފުރަތަމަ އިސްކަން ދޭން ޖެހޭނީ އޭނާއަށް ޢާއިލާ ދެއްވެވި ﷲ ތަޢާލާއަށެވެ. އެގޮތަށް އެކަން ނުކުރާ ޢާއިލާތައް ﷲ ތަޢާލާ ސިފަކުރައްވަވާފައިވަނީ ފައިދިގު މަކުނުގެ ގޮތުގައެވެ.
مَثَلُ الَّذِيۡنَ اتَّخَذُوۡا مِنۡ دُوۡنِ اللّٰهِ اَوۡلِيَآءَ كَمَثَلِ الۡعَنۡكَبُوۡتِ ۖۚ اِتَّخَذَتۡ بَيۡتًا ؕ وَ اِنَّ اَوۡهَنَ الۡبُيُوۡتِ لَبَيۡتُ الۡعَنۡكَبُوۡتِۘ لَوۡ كَانُوۡا يَعۡلَمُوۡنَ ﴿29:41﴾
"ﷲ ފިޔަވައި، އެހީތެރިންތަކެއް ލިބިގަތް މީހުންގެ މިސާލީ، ގެއެއް ހަދައި ބޭނުންކުޅަ، ފައިދިގު މަކުނުގެ ގެކަން ކަށަވަރެވެ. އެއުރެން އެކަން ދަންނަނަމައެވެ." (ޤްރްއާން 41-29)
- ބިލާލް އައްސަދުގެ ދަރުސަކުން