ބިޝާމް މަގާމުން ވަކި ކުރުމުގެ މައްސަލަ ނަގައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
ބިޝާމް މަގާމުން ވަކި ކުރުމުގެ މައްސަލަ ނަގައިފި!

ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފިއެވެ.

އެނގިފައިވާ ގޮތުން، މިދިޔަ ހޯމަ ދުވަހު ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު  ހުށަހެޅުއްވި މި މައްސަލަ އަނބުރާ ގެންގޮސްފައި ވަނީ ހަމަ އެދުވަހުއެވެ.

މެމްބަރު އަބްދު ﷲ މި މައްސަލަ އަނބުރާ ގެންދިޔަ ސަބަބެއް އަދި ވަނީ މިޑިއާއަށް ސާފުވާގޮތް ނުވެފައެވެ. 

އެ ބޭފުޅާ މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގާނޫނީ ގޮތުން، ޕްރޮސިކިއުޓަ ޖެނެރަލްއާ މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ބިޝާމް އަދާނުކުރައްވާ ކަމަށް ބުނެއެވެ.

ކުރިން އެޓާނީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވި ބިޝާމް ޕީޖީގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ކުރީގެ ރައީސް އަބްދު ﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުއެވެ.

މިއަދު އޮންލައިން