ދިރާސީ އަހަރުގެ ކިޔެވުން ނިންމާ ދަރިވަރުންގެ ބޮޑު ޗުއްޓީ ފެށިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ދިރާސީ އަހަރުގެ ކިޔެވުން ނިންމާ ދަރިވަރުންގެ ބޮޑު ޗުއްޓީ ފެށިއްޖެ

2024 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ނިމި، ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުންނަށް މިއަދު ރިޕޯޓް ފޮތް ދޫކޮށް ބޮޑު ޗުއްޓީ ފަށައިފިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ސްކޫލްތަކުގައި ރިޕޯޓް ފޮތް ދޫކުރުމުގެ ހަރަކާތްތައް މިއަދު ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ކުލަގަދަ ގޮތެއްގައެވެ.

މިފަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރު މަހު ދަރިވަރުންނަށް މި ލިބުނީ ބޮޑު މެދުކެނޑުމަކަށް ފަހުގައެވެ. ނިމިދިޔަ ސަރުކާރުން ދިރާސީ ކަލަންޑަރަށް ގެނައި ބަދަލާއެކު ބޮޑު ޗުއްޓީ އަހަރުގެ މެދުތެރެއަށް ބަދަލުވި ނަމަވެސް، ބެލެނިވެރިންގެ އެދުމުގެ މަތިން މި ސަރުކާރުން ވަނީ ދިރާސީ އަހަރު ފެށޭ ތާރީޚު އަލުން ޖަނަވަރީ މަހަށް ބަދަލުކުރުމަށް ނިންމާފައެވެ.

ތަޢުލީމީ ދާއިރާއަށް ގެނައި މި ބަދަލާއެކު، އަންނަ ދިރާސީ އަހަރުގެ ކިޔެވުން ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ 27 ޖަނަވަރީ 2026 ގައެވެ. އާ ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމުގެ މިޑް ބްރޭކް މެއި 24 އިން 30 އަށް ލިބޭއިރު، ފުރަތަމަ ޓާމުގެ ޗުއްޓީ ފެށޭނީ އޮގަސްޓް 17 ގައެވެ.

2025 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހުއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި ދިރާސީ އަހަރު ސަރުކާރުގެ 217 ސްކޫލެއްގައި ޖުމްލަ 84,000 އެއްހާ ދަރިވަރުން ތަޢުލީމު ހާސިލުކޮށްފައިވެއެވެ.

ކުރިއަށް އޮތް ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން އޮގަސްޓް 2 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާއިރު، އަންނަ އަހަރުގެ ބޮޑު ޗުއްޓީ ފެށޭނީ ޑިސެމްބަރު 18 ގައެވެ. މިއީ ދިރާސީ އަހަރުގެ ކަލަންޑަރު އަލުން ކުރީގެ އުސޫލަށް ރުޖޫޢަކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

މިއަދު އޮންލައިން