ޢާއިޝަތު ރަފާޙް ޢަލީ
ފަރްޟު ނަމާދުތައް އޭގެ ވަގުތުގައި އަދާކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި ފަރްޟު ނަމާދުތަކުގެ ތެރެއިން ފަތިސް ނަމާދު އޭގެ ވަގުތުގައި އަދާކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ނަމަވެސް ފަތިސް ނަމާދު އޭގެ ވަގުތުގައި އަދާކުރުމަކީ ވަރަށް މަދު މީހަކަށް ކުރެވޭ ކަމެކެވެ.
ފަތިސް ނަމާދަށް ހޭލުމަށްޓަކައި ބައެއް ކަންކަަން ކުރެވިދާނެއެވެ. އެގޮތުން ނިދުމުގެ ކުރީން ވުޟޫކޮށް ނިދުމުގެ ކުރީން ކިޔަންޖެހޭ ޛިކުރުތައް ކިޔުމަށްފަހު، ދުޢާކޮށްގެން ނިދުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިލިޔުމުގައި މިހިމަނާލަނީ ފަތިސް ނަމާދުގެ މާތްކަމާއި ގުޅޭގޮތުން އައިސްފައިވާ ދެ ޙަދީޘެކެވެ.
· ((أَفْضَلُ الصَّلَوَاتِ عِنْدَ اللَّهِ عَزَّ وَجَلَّ صَلاةُ الصُّبْحِ يَوْمَ الْجُمُعَةِ فِي جَمَاعَةٍ)) [رواه البيهقي في شعب الإيمان وصححه الألباني]
މާނައީ: “ﷲ ގެ ޙަޟްރަތުގައި އެންމެ މާތް ނަމާދަކީ ޖަމާޢަތުގައި ކުރެވޭ ހުކުރުވިލޭރޭގެ ފަތިސް ނަމާދެވެ.”
((مَنْ صَلَّى الْعِشَاءَ فِي جَمَاعَةٍ فَكَأَنَّمَا قَامَ نِصْفَ اللَّيْلِ، وَمَنْ صَلَّى الصُّبْحَ فِي جَمَاعَةٍ فَكَأَنَّمَا صَلَّى اللَّيْلَ كُلَّهُ)) [رواه مسلم]
މާނައީ: "ޢިޝާ ނަމާދު ޖަމާޢަތުގައި ކޮށްފިމިހާ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައި ރޭއަޅުކަން ކުރިފަދައެވެ. އަދި ފަތިސް ނަމާދު ޖަމާޢަތުގައި ކޮށްފިމީހާ މުޅި ރޭގަނޑު އެކުއެކީގައި އަޅުކަމުގައި ޤާއިމްވެހުރި މީހެއްފަދަ އެވެ."