ބައިވެރިއަކު ހޯދަން ތަނަވަސް މީހުންނާ ހެޔޮލަފާ މީހުންގެ ފަހަތުން ދުވަން ތިބާއަށް ނުޖެހި އެމީހުންނަށް ތިބާގެ ފަހަތުން ދުވަން ޖެއްސުވިދާނެ ގޮތް އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ބައިވެރިއަކު ހޯދަން ތަނަވަސް މީހުންނާ ހެޔޮލަފާ މީހުންގެ ފަހަތުން ދުވަން ތިބާއަށް ނުޖެހި އެމީހުންނަށް ތިބާގެ ފަހަތުން ދުވަން ޖެއްސުވިދާނެ ގޮތް އެނގޭތަ؟

ރަނގަޅަށް ވިސްނާ ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ އެއް ކަމަކީ އެންމެ ހެޔޮލަފާ މީހެއްގެ ދަރިއަކާއި ކައިވެނިކުރުވެ. އެއީ އެދަރިފުޅަށް އޭނާގެ ކިބައިން ތަރުބިއްޔަތުލިބިފައިވާނެތީއެވެ. އޭނާ ފަދަ ހެޔޮލަފާ މީހަކަށް އެދަރިފުޅުވާނެކަން ޤަބޫލްކުރެވޭތީއެވެ.  

އެފަދަ މީހުންނަށް އަހުރެން ބުނެލަން އޮތް ބަހަކީ އެކަމަށް އެދޭނަމަ ފުރަތަމަ ކަމަކަށް ތިބާއަކީ އޭނާގެ މައިންބަފައިން ފަދަ ހެޔޮލަފާ މީހަކަށްވާށެވެ! 

އަނެއް ބައަކު އެދޭނީ ތަނަވަސް މީހުންގެ ދަރިންނާއި ކައިވެނިކުރާށެވެ. ތަނަވަސް މީހުންގެ ދަރިންނާއި ކައިވެނިކުރަން ބޭނުންވެވެނީ ތަނަވސް ދިރިއުޅުމެއް އުޅެން ބޭނުންވާތީއެވެ.  

އެފަދައިން ބޭނުންވާ މީހުންގެ ގާތުގައި ފުރަތަމަ ތިބާ ތަނަވަސްމީހަކަށް ވުމަކަށް ނުބުނާނަމެވެ. ނަމަވެސް ފުރަތަމަ ކަމެއްގެ ގޮތުން ތިމާއަކީ ތަނަވަސްކަން ލިބުން އެދިގެން ހީވާގިކަމާއިއެކު މަސައްކަތްކުރާ މީހަކަށްވާންޖެހޭނެއެވެ.  

ޚުލާޞާއެއްގެ ގޮތުން ބުނެލަން އޮތީ ރަނގަޅު ބައިވެރިއަކަށް އެދޭނަމަ ފުރަތަމަ ކަމަކަށް ތިމާއަކީ ރަނގަޅު މީހަކަށްވާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވާ ތަޤްވާވެރިއަކަށްވާށެވެ. އަޚްލާޤް ރަނގަޅު އެހެން މީހުންނަށް އަޅައިލާ މީހަކަށްވާށެވެ. ދިރިއުޅެން މަސައްކަތްކުރާ މީހަކަށްވާށެވެ.  

އެފަދަ މީހަކަށް ވެވިއްޖެނަމަ ރަނގަޅު ބައިވެރިން އެމީހެއްގެ ފަހަތުން އަންނާނެއެވެ. ރަނގަޅު ގޮތްތައް އެމީހަކަށް މެދުވެރިކުރައްވަވާނެތެވެ. އިން ޝާ ﷲ 

ހަމައެފަދައިން ވިސްނަން ޖެހޭނެ ކަމަކީ އެއީ ރަނގަޅު މައިންބަފައިންނަމަ އަންހެން ދަރިއެއް ނަމަވެސް އަދި ފިރިހެން ދަރިއެއް ނަމަވެސް ކައިވެނިކޮށްދޭއިރު މިބަޔާންކުރި ކަންކަމަށް މައިންބަފައިން ބަލާނެކަމެވެ. ވީމާ އެކަމަށް ތައްޔާރުވުމަކީ އެންމެ މުހިންމު ކަންތައް ކަމެވެ.

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން