ދިވެހި ތެރަޕިސްޓުން ތަމްރީންކުރުމުގެ ޤައުމީ މަޝްރޫޢެއް ފެށްޓެވުމަށް ރައީސް ނިންމަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
ދިވެހި ތެރަޕިސްޓުން ތަމްރީންކުރުމުގެ ޤައުމީ މަޝްރޫޢެއް ފެށްޓެވުމަށް ރައީސް ނިންމަވައިފި

ދިވެހި ތެރަޕިސްޓުން ތަމްރީންކުރުމުގެ ޚާއްޞަ ޤައުމީ މަޝްރޫޢެއް ފެށްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މި ނިންމެވުމަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ދިވެހި ފަންނީ މަސައްކަތްތެރިން ބިނާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ނިންމެވި ނިންމެވުމެކެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން ޖުމްލަ 250 ދިވެހި ތެރަޕިސްޓުން ތަމްރީން ކުރުމަށް ވަނީ އަމާޒު ހިފާފައެވެ. މި މަޝްރޫޢުގެ މަސައްކަތްތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ޖެނުއަރީ މަހުގެ ތެރޭގައެވެ.

މި މަޝްރޫޢުގެ ދަށުން ތަފާތު އެކި ދާއިރާތަކުން ތެރަޕިސްޓުން ތަމްރީން ކުރުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ސްޕީޗް ތެރަޕިސްޓުން
  • އޮކިއުޕޭޝަނަލް ތެރަޕިސްޓުން
  • ބިހޭވިއަ ތެރަޕިސްޓުން
  • ސައިކޯ ތެރަޕިސްޓުން

މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގައި މިވަގުތު ތެރަޕިސްޓުންގެ ދަތިކަން ކުރިމަތިވެފައިވާ ދާއިރާތަކަށް ބޭނުންވާ ދިވެހި ފަންނުވެރިން ލިބިގެންދާނެ ކަމަށް ބެލެވެއެވެ. މިއީ ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކޮށް، ޚިދުމަތްތައް ފުޅާކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ.

މިއަދު އޮންލައިން