ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީ އާއި ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމުގައި އުރީދޫ މޯލްޑިވްސް އިން އެންމެ އިސްކޮށް ހަރަކާތްތެރިވާ މިންވަރު ފާހަގަކޮށް، 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ރާއްޖޭގެ ބެސްޓް ފިކްސްޑް ނެޓްވޯކްގެ "އުކްލާ ސްޕީޑް® ޓެސްޓް އެވޯޑް"™ އުރީދޫ މޯލްޑިވްސް އަށް ދީފި އެވެ. މިއީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ކުންފުންޏަކަށް މި އެވޯޑު ލިބުނު ފުރަތަމަ ފަހަރެވެ.
ނެޓްވޯކް އިންޓެލިޖެންސް އަދި ކަނެކްޓިވިޓީ އިންސައިޓްސްގެ ދާއިރާގައި ދުނިޔޭގެ އެންމެ ކުރީގައި އުޅޭ އޯކްލާ® އިން ދޭ އެވޯޑަކީ ހަގީގީ ދުނިޔެ، ކޮންސިއުމަރ އިނީޝިއޭޓިވް ސްޕީޑް ޓެސްޓް® ޑޭޓާ ދިރާސާ ކުރުމުގެ މައްޗަށް ބިނާކޮށް ދޭ އެވޯޑެކެވެ. މި އެވޯޑްތަކުގައި ބޭނުންކުރަނީ ޑައުންލޯޑް ސްޕީޑް، އަޕްލޯޑް ސްޕީޑް އަދި ނެޓްވޯކް ރެސްޕޮންސިވްނެސް ފަދަ މެޓްރިކްސްތަކުން ލިބޭ ސްޕީޑް ސްކޯ އެކެވެ.
މިއީ އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކާއި ވިޔަފާރިތަކާއި ގޭބިސީތައް މެދުނުކެނޑި ގުޅުވާލުމަށް ކުރަމުންދާ މަސައްކަތާއި އާއި ބްރޯޑްބޭންޑް ފުޅާކުރުމުގެ އިތުރުން އީޖާދީ ޓެކްނޮލޮޖީތަކަށް ކުރާ އިންވެސްޓްމަންޓްތައް ރަމްޒުކޮށްދޭ އެވޯޑެކެވެ. "ރާއްޖޭގައި ބެސްޓް ފިކްސްޑް ނެޓްވޯކްގެ އޫކްލާ ސްޕީޑް® ޓެސްޓް އެވޯޑް™ ލިބުމަކީ އުރީދޫ މޯލްޑިވްސްއަށް ލިބުނު ފަޚުރުވެރި ކާމިޔާބީއެއް. އަޅުގަނޑުމެންގެ ނެޓްވޯކް ފަރުމާކުރެވިފައި ވަނީ ރާއްޖޭގެ ރަށްތައް ގުޅުވާލުމާއި، މުޖުތަމައުތައް ބާރުވެރިކުރުވުމާއި، ވިޔަފާރިތައް ޑިޖިޓަލްކޮށް ކާމިޔާބު ކުރުމަށް މަގުފަހިކޮށްދިނުމަށެވެ. އަދި މާދަމާގެ ޑިޖިޓަލް މުސްތަގުބަލަށް ރާއްޖެ ތައްޔާރުކޮށް، ކޮންމެ ދިވެހި ރައްޔިތަކު މިއަދު ގުޅުވާލެވޭ ހަލުވި، އިތުބާރު ހިފޭ ކަނެކްޓިވިޓީއެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ދެން." އުރީދޫ މޯލްޑިވްސްގެ އެމްޑީ އަދި ސީއީއޯ ޝާދީ ޤަވަސްމީ
ރާއްޖެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދަތުރު ހަލުވިކުރަމުން ދާއިރު، އިގްތިސާދީ ކުރިއެރުމަށާއި، ތައުލީމީ ދާއިރާއަށާއި، ފަތުރުވެރިކަމާއި، ފިންޓެކް އަދި އާންމު ދިރިއުޅުމަށް އިތުބާރު ހިފޭ ހައި ސްޕީޑް ކަނެކްޓިވިޓީ އަކީ ކޮންމެހެން ބޭނުންތެރި ހިދުމަތެކެވެ. އުރީދޫ މޯލްޑިވްސްއިން ދަނީ ޒަމާނީ ފައިބަރ ނެޓްވޯކްތަކާއި، ބްރޯޑްބޭންޑް އިނޮވޭޝަންތަކާއި، ކަސްޓަމަރ ފޯކަސްޑް ސޮލިއުޝަންތަކަށް އިންވެސްޓް ކުރަމުންނެވެ. އެ ކުންފުނީގެ ފިކްސްޑް ނެޓްވޯކް ހިދުމަތްތަކުގެ ތެރޭގައި ފައިބަރ ބްރޯޑްބޭންޑް އަދި ނެކްސްޓް ޖެނެރޭޝަން ހޯމް ކަނެކްޓިވިޓީ ސޮލިއުޝަންސް ހިމެނެ އެވެ. މީގެ ސަބަބުން ކަސްޓަމަރުންނަށް ރާއްޖޭގައި ކޮންމެ ތަނެއްގައި ހުއްޓަސް، މެދުކެނޑުމެއްނެތި މަސައްކަތް ކުރުމާއި، އުނގެނުމާއި، ސްޓްރީމް ކުރުމާއި، ގުޅުވާލުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ. މިއީ އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް މޯލްޑިވްސްގެ ތަޞައްވުރެވެ.