ރައީސް ނަޝީދުގެ މައްސަލައިގެ ޙުކުމް އިއްވުން މާދަމާ ހެނދުނު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ރައީސް ނަޝީދުގެ މައްސަލައިގެ ޙުކުމް އިއްވުން މާދަމާ ހެނދުނު!

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 13 އަހަރުގެ ޖަލުހުކުމަށް ގޮތެއް ނިންމުމުގެ ޝަރީއަތުގެ މަޖިލިސް މާދަމާ ހެނދުނު 10.30 އަށް ސްޕްރީމް ކޯޓުގައި ތާވަލުކޮށްފިއެވެ.

ޢަބްދުﷲ ޤާޟީ ހައްޔަރުކޮށް ގިރިފުށީގައި ބެހެއްޓި މައްސަލައިގައި ފުރަތަމަ ދައުވާ ކުރެވުނީ މީހަކު ރަހީނުކޮށް އެކަހެރިކޮށް ބެހެއްޓި ކަމުގެ ކުށުގައެވެ. ނަމަވެސް ޕީޖީ މުޙްތާޒް މުހްޞިން ވަނީ އެ ދައުވާ އަނބުރާ ނަގައި އެ އަމަލަކީ ޓެރަރިޒަމްގެ އަމަލަކަށް ހަދައި ދައުވާކޮށްފައެވެ.

މާދަމާގެ ޝަރީޢަތުގެ މަޖިލީހުގައި އެއީ ޓެރަރިޒަމުގެ މައްސަލައެއްކަން ނުވަތަ ނޫންކަމާއި ޝަރީޢަތް ކޮށްފައިވަނީ އިންޞާފުންކަން އެނގިގެންދާނެއެވެ.

މިއަދު އޮންލައިން