ހުދުމުޚުތާރު ބޭފުޅެއްނަމަ އިދިކޮޅު ސިޔާސީ ވެރިން މިހާރު ތިބޭނީ ޖަލުގައި ކަމަށް ރައީސް ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ހުދުމުޚުތާރު ބޭފުޅެއްނަމަ އިދިކޮޅު ސިޔާސީ ވެރިން މިހާރު ތިބޭނީ ޖަލުގައި ކަމަށް ރައީސް ވިދާޅުވެއްޖެ

އެމަނިކުފާނަކީ ހުދުމުޚުތާރު ބޭފުޅެއްނަމަ އިދިކޮޅު ސިޔާސީ ވެރިން މިހާރު ތިބޭނީ ޖަލުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން އެއްވެސް ސިޔާސީ ލީޑަރަކު ޖަލަށްލާފައިނުވާ ކަމަށާއި، ހުދުމުޚުތާރުކަމުގެ ތުހުމަތަކީ މި ސަރުކާރާ ދެކޮޅަށް ބޭނުންކުރެވޭނެ ބަހެއް ނޫން ކަމަށެވެ. "ހުދުމުޚުތާރު އެ ބަސް ބޭނުންކުރަންޏާ ބޭނުން ކުރައްވާނީ ކުރީގެ ސަރުކާރުތަކަށް. މި ސަރުކާރާ ދެކޮޅަށް ބޭނުން ކުރެވޭނެ ބޭނުން ކުރަން ހިތައްވެސް އެރުވޭނެ ބަހެއް ނޫން. ހުދުމުޚުތާރު ވެގެެން ކުރާނެ ކަމެއް ނޯންނާނެ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ފާހަގަކުރެއްވި ގޮތުގައި މި ސަރުކާރަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ސަރުކާރެކެވެ. އެމަނިކުފާނު ވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި، ވަކިވަކި ފަރުދުންނާއި، ޖަމާއަތްތަކުގެ އިތުރުން މުއައްސަސާތަކާއި ކައުންސިލްތަކާ އެތައް ފަހަރަކު ބައްދަލުކުރައްވާފައެވެ. އަދި އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއަހައި، އެކަންކަމަށް އަމަލީ ސިފަ ގެނެސްދެއްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ، މިހާރު މިއީ ރާއްޖޭގައި ޑިމޮކްރަސީގެ ފުރިހަމަ މިސާލު އެންމެ ފައްކާވެފައިވާ ޒަމާން ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމާއި ޑިމޮކްރަސީގެ ނިޒާމު އެންމެ ބޮޑަށް ފައްކާވެ، މިނިވަންކަން އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން