އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓަށް 300 މިލިއަން ރުފިޔާގެ ހިލޭ އެހީ ލިބޭނެ ކަމުުގެ އުންމީދު ވަރަށް ބޮޑުކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރ ވިދާޅުވީ މިފައިސާ ހޯދުމަށް ހުރިހާ ގައުމަކާ ގުޅިގެން މަސައްކަތްކުރާނެކަމަށާއި އެހެން ނަމަވެސް ވަކި ސަރަހައްދަކަށް އަމާޒުކުރަައްވަން ވިސްނަވާފައި ނުވާކަމަށެވެ.
މިދިޔަ ސަރުކާރުގައި ހިލޭ އެހީ އެންމެ ގިނަ އިން ލިބުނީ ސައުދީ އާއި ޗައިނާ އިން ނެވެ.
ހިލޭ އެހީގެ ގޮތުގައި މި އަހަރު 734 މިލިއަން ރުފިޔާ ލިބުނު އިރު މިދިއަ އަހަރު އެ ލިބިފައިވަނީ 343 މިލިއަން ރުފިޔާގަ އެވެ. އަދި 2016 ވަނަ އަހަރު ހިލޭ އެހީގެ ގޮތުގައި 188.4 މިލިއަން ރުފިޔާ ލިބިފައިވެއެވެ.