ހަނދުމަކޮށްދިނުމެއް!: އެންމެ ބޭނުން 2 ކަންތަކަށް އެދިގެން ކުރަން އޮތް ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ހަނދުމަކޮށްދިނުމެއް!: އެންމެ ބޭނުން 2 ކަންތަކަށް އެދިގެން ކުރަން އޮތް ދުޢާއެއް!

ދުޢާއަށް ބަލައިފިނަމަ ވަރަށް ކުރެވެ. ނަމަވެސް ދުޢާގެ މަޤްޞަދަށް ބަލައިފިނަމަ ކޮންމެ މީހަކަށްވެސް އެންމެ ބޭނުންބޮޑު ދެކަންތަކެވެ. އެއީ ސުވަރުގެ ވެއްދެވުމާއި ނަރަކައިން މިންޖުކުރެއްވެވުމެވެ.  

اَللَّهُمَّ إِنِّيْ أَسْأَلُكَ الْجَنَّةَ، وَأَعُوْذُ بِكَ مِنَ النَّارِ 

އެކުލެވިގެންވާ މާނައީ: ޔާ ﷲ! މިއަޅާއަށް ސުވަރުގެ ދެއްވެވުމަށް އިނބަ ﷲ ގެ ޙަޟްރަތުން މިއަޅާ އެދުމެއެވެ. އަދި ނަރަކައިގެ ޢަޛާބުން ސަލާމަތްކޮށްދެއްވެވުމަށް އިނބަ ﷲ ގެ ހަޟްރަތުން ރައްކައުތެރިކަމަށް މިއަޅާ އެދުމެވެ! އާމީން  

ކޮންމެ މުސްލިމަކަށްވެސް ﷲ ތަޢާލާގެ ޙަޟްރަތުން އެންމެ ބޮޑަށް ބޭނުންވެގެންވަނީ 3 ކަމަކަށެވެ. އެއީ ރައްކައުތެރިކަމާއި ނަރަކައިން ސަލާމަތްކޮށްދެއްވެވުމާއި ސުވަރުގެ ދެއްވެވުމެވެ. މި ދުޢާގައި އެ 3 ކަންތައްވެސް ހިމެނިގެންވުމުން މިއީ ކޮންމެ މުސްލިމަކަށްވެސް އެންމެ ބޮޑަށް ބޭނުންވާނެ 3 ކަންތައް ހިމެނިގެންވާ ދުޢާއެކެވެ. 

މަޢުލޫމާތު: ޝައިޚް ޖަޢުފަރު ފާއިޒު

-މާތް ﷲ މަރުހޫމްގެ ފުރާނައަށް ސުވަރުގޭގެ އެންމެ މަތީ ދަރަޖަ މިންވަރުކުރައްވަވާށި! އާމީން

މިއަދު އޮންލައިން