ރޯދަ ހިފައިގެން ތިބޭއިރު ކޮންމެވެސް ވަރެއްގެ ވަރުބަލިކަމެއްވެސް އިޙްޞާޞްކުރެވޭނެއެވެ. އިރުއޮއްސެން ގާތްވާވަރަކަށް ވަރުބަލިކަން ބޮޑުވެސްވާނެއެވެ. އެހެންކަމުން ރޯދަވީއްލަން ގާތްވެގެން އަންނައިރު ގިނަބައަކަށް ވަރަށް ވަގުތު ދިގުވާހެން ހީވެދާނެއެވެ.
ސުންނަތް ރޯދަހިފާއިރު މިކަން އިތުރުވެއެވެ. އެއީވަކިދުވަސްތަކެއްގައި ހިފާތީއެވެ. ނަމަވެސް އެއީ މައްސަލައެއް ކަމަށް ނުދެކޭށެވެ. ޢާންމުކޮށް ސުންނަތް ރޯދަހިފާނަމަ އެއުނދަގޫތައް ކުޑަވާނެއެވެ.
ވަރުބަލިކަން އިޙްޞާޞްކުރެވުނަސް ހިފިރޯދައިގެ ޘަވާބަށް އުނިކަން އަންނަފަދަ ޓީވީ ޕްރޮގްރާމްތައް ނުބަލާށެވެ! ފޯނުން ބޭކާރު ކަންކަން ކުރަން ވަޤުތުނަގައިނުލާށެވެ! މާނައަކީ ﷲ ތަޢާލާ ހުއްދަދެއްވަވާފައިވާ އިންތަކުގެ ބޭރުން ކަންކަން ނުކުރުމެވެ.
ހަވީރުވުމުން ނުވަތަ އިރުއޮއްސެން ކައިރިވުމުން ހިތްވަރުކޮށްލައިގެން 10 މިނިޓްތެރޭ 10 އަޅުން މިނިވަންކުރާށެވެ! މާނައަކީ 10 އަޅުން މިނިވަންކުރިކަމުގެ ޘަވާބު ލިބިގަންނާށެވެ! ތިބާގެ ފަތުގައި 100 ހެޔޮކަން ލިޔުއްވަވައި ފާފައިގެ ފަތުން 100 ފާފަ ފުއްސަވައިލައްވަވަން ފުރުޞަތު ހޯދާށެވެ. ހަމަ ވަރަށް ކުޑަކުޑަ ޢަމަލަކުންނެވެ.
100 ފަހަރު ކިޔައިގެން 10 އަޅުން މިނިވަންކުރުމުގެ ޘަވާބު ލިބޭ 100 ހެޔޮކަން ލިބޭ 100 ފާފަ ފުހެވޭ:
اَللَّهُمَّ إِنِّيْ أَسْأَلُكَ الْجَنَّةَ، وَأَعُوْذُ بِكَ مِنَ النَّارِ
"الله މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އިލާހަކު ނުވެއެވެ. އެއީ އެއްކައުވަންތަ އިލާހެވެ. އެއިލާހަށް ޝަރީކަކު ނުވެއެވެ. ވެރިކަންވަނީ އެއިލާހަށެވެ. އަދި އެންމެހާ ޙަމްދެއްވެސް ވަނީ އެއިލާހަށެވެ. އަދި އެއިލާހު ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަވެ ވޮޑިގެންވެއެވެ."
- އިސްލާމީ ތިލަފަތުގެ ދަރުސަކުން