ކޮންމެ ކަމެއް ކުރަންފަށަމުންވެސް އަޢޫޛްކިޔައި ޝައިޠޯނާގެ ކިބައިން ރައްކައުތެރިކަމަށް އެދެންވާނެ! ކޮންމެ އަޅުކަމެއްވެސް ފަށަންވާނީ ޝައިޠޯނާ ދުރަށް ފައްސާލައިފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ކޮންމެ ކަމެއް ކުރަންފަށަމުންވެސް އަޢޫޛްކިޔައި
ޝައިޠޯނާގެ ކިބައިން ރައްކައުތެރިކަމަށް އެދެންވާނެ! ކޮންމެ އަޅުކަމެއްވެސް
ފަށަންވާނީ ޝައިޠޯނާ ދުރަށް ފައްސާލައިފަ!

ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ގިނަކޮށް ޛިކުރުން

ގިނަކުރަން އެދޭމީހާ ފުރަތަމަ ކަމަކަށް އަޢޫޛްކިޔުން ގިނަކުރާށެވެ! އެހެނީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރެވޭނީވެސް ޝައިޠޯނާގެ ކިބައިން ސަލާމަތްވެ ހުރެވިގެންނެވެ. ނޫން ނަމަ އެމީހަކަށް ޛިކުރެއް ނުކުރެވޭނެއެވެ. ދުލުން ޛިކުރުތައް ކިޔަމުން ގެންދާއިއރު ހިތުގައި އެހެން ކަންތައްތަކެއް އެނބުރެމުން އެދަނީ މިބަޔާންކުރި ސަބަބަށްޓަކައެވެ. ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްނުވެވޭތީއެވެ.

ކޮންމެ އަޅުކަމެއް ކުރަން ފެށުމުގެ ކުރިންވެސް އަޢޫޛް ކިޔަން އާދަކުރާށެވެ! ބޭނުމަކީ ޝައިޠާނާގެ ވަސްވާސްތަކުންނާއި ޝައިޠާނާގެ ނުބައިކަމުން ސަލާމަތްކޮށްދެއްވެވުން އެދުމެވެ.

މިވާހަކަ މިބުނެލީ ކުރާ އަޅުކަމުގެ އެންމެ މަތިވެރި ޘަވާބު ލިބިގަތުމަށް މަގުފަހިކުރަން ފަސޭހަކޮށްދިނުމުގެ ގޮތުން ހަނދާންކޮށްދިނީއެވެ.

ކޮންމެ ހެޔޮ ޢަމަލެއް ކުރަން މަސައްކަތްކުރިނަމަވެސް އެކަމަކަށް ޝައިޠޯނާ ހުރަސްއަޅާނެއެވެ. ތަޤްވާވެރިއަކު ކުރަން އުޅޭ ހެޔޮކަމެއް ނުހުއްޓުވޭނެއެވެ. ނުހުއްޓުވޭނެކަން ޝައިޠޯނާއަށް އެނގޭތީ ކުރާނެ ކަމަކީ ވަސްވާސްތައް ދީގެން ﷲ ތަޢާލާގެ މަތިން ހަނދާންކުރުން ދުރުކުރުވުމެވެ.

--މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން